
މިއަދު މާލޭގައި ވެސް ވަނީ ދެ ކްލިނިކެއް ހުޅުވާފަ އެވެ. އެގޮތުން ސެނެހިޔާގެ ތެރޭގައި ހުޅުވި ފްލޫ ކްލިނިކަކީ އެއްވެސް ދަތުރެއް ނުކޮށް ރޯގާގެ އަލާމާތް ފެންނަނަމަ ދެއްކުމަށް ހާއްސަ ކުރެވިފައިވާ ތަނެކެވެ. އަދި ދެވަނަ ކްލިން ހުޅުވާފައި ވަނީ މާލޭ ހިޔާ ކައިރީގަ އެވެ. އެގޮތުން މިތަން ހާއްސަކުރެވިފައި ވަނީ ދަތުރުކުރި މީޙުންގެ ތެރެއިން ރޯގާގެ އަލާމާތްތައް ފެންނަ ފަރާތްތަކަށެވެ.
ކޮވިޑް-19 ޓާސްކް ފޯހުގެ ފަރާތުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް އަޒީޒް ވިދާޅުވީ، މިހބާރު ތިން ވަނަ ކްލިނިކެއް ވެސް ހުޅުވާފައިވާ ކަމަށެވެ. އެގޮތުން ހުޅުމާލޭ ޕްރީ ސްކޫލުގައި ހުޅުވި މިތަނަކީ ބިދޭސީންނަަށް ހާއްސަ ކުރެވިފައިވާ ތަނެއް ކަމަށް ވެސް ވިދާޅުވި އެވެ.
އޭގެ އިތުރުން މަބްރޫކް ވަނީ ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ވެސް އިލްތިމާސްކުރައްވާފަ އެވެ. އަދި ޒަރޫރީ ބޭނުމަކަށް ރާއްޖެއިން ބޭރަށް ދާކަމަށްވާނަމަ ފޮރިން މިނިސްޓްރީގައި ރަޖިސްޓްރީވުމަށް ވަނީ އެދިވަޑައިގަތެވެ. އެގޮތުން މިނިސްޓްރީގެ ވެބްސައިޓުން އެކަން ކުރެވޭނެކަން މަބްރޫކް ފާހަގަ ކުރެއްވި އެވެ.