
އިމިގްރޭޝަން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިޔަށް ގެންދާ އޮޕަރޭޝަންތަކުގައި ފުރަތަމަ ފަހަރަށް ބޮޑީ ކެމެރާ ބޭނުން ކުރަން ފަށާފައިވާކަމަށެވެ.
އެގޮތުން ފުރަތަމަ ފަހަރަށް އޮފިސަރުން ބޮޑީ ކެމެރާ ބޭނުންކުރީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިއްޔެ ހުޅުމާލެ ފޭސް 1 ގެ ސަރަހައްދުގައި ހިންގި އޮޕަރޭޝަނެއްގައިކަމަށެވެ. މި އޮޕަރޭޝަންގައި، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ތިން ބިދޭސީއަކު ހައްޔަރުކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަން އިން ކުރިޔަށް ގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހޯމް މިނިސްޓްރީން ވަނީ " ކުރަނގި" ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. މީގެ އިތުރުން އިމިގްރޭޝަނުންވެސް އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮޕަރޭޝަންތައް ހިންގަމުންނެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭތީ ޑީޕޯޓްކުރި ބިދޭސީންގެ އަދަދު 7000 މައްޗަށް އަރާފައިވާކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.