ads
ހައްޔަރުުރިކަމަށް ބުނެ އަމީތަބް ދޫކޮށްލި ފޮޓޯ
އަމީތާބް ބަޗަން ހައްޔަރުކޮށްފި
އަމީތާބް ބަޗަން ހައްޔަރުކޮށްފިކަމަށް ދެކެވޭ ވާހަކަތައް ކަށަވަރު ކުރެވިފައި ނުވާކަމަށާއި ނަމަވެސް އޭނާ ހައްޔަރު ކުރިކަމަށް ބުނާ ބުނުމުގެ ހަގީގަތްވެސް ނޭންގޭކަމަށް ބޮލީވުޑްގެ ބައެއް ބްލޮގްތަކުން މިއަދު ބުނެފިއެވެ.
Advertisement

އަމީތާބް ބަޗަން ހައްޔަރުކުރި ކަމުގެ ސުވާލު ބޮލީވުޑްގެ ބައެއް ނޫސްތަކުން އުފެއްދީ އަމީތާބް އިންސްޓަގްރާމަށް ދޫކޮށްލި ފޮޓޯއަކާއި ކެޕްޝަނުގެ ސަބަބުންނެވެ.

މުމްބާއީ ފުލުހުންގެ ކާރެއްގެ ކައިރީ ހުއްޓިހުރެ ނަގާފައިވާ ފޮޓޯއަކާއިއެކު އަމީތާބް އިސްޓާގްރާމަށް ދޫކޮށްލީ "އެރެސްޓެޑް" ނުވަތަ ހައްޔަރުކޮށްފި ކަމަށެވެ.

އޭގެފަހުން އަމީތާބްގެ އެއްވެސް ހަބަރެއްވެސް ނުވާއިރު ފޭނުން އަންނަނީ މިކަމުގެ ހަގީގަތް ސާފުކޮށްދިނުމަށް އަމީތާބުގެ އާއިލާގެ ކިބައިންވެސް އެދެމުންނެވެ. ނަމަވެސް އާއިލާއިންވެސް މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެއެވެ.

އަމީތާބު ހައްޔަރުކުރި ކަމަށް ބުނާއިރު މިފަހުން ހެލްމެޓް އެޅުން މަޖުބޫރު ތަނެއްގައި އަމީތާބް ހެލްމެޓް ނާޅާ ސައިކަލު ދުއްވި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. ބައެއް ފަރާތްތަކުން ބުނަނީ އެމައްސަލާގައި އަމީތާބު މުމްބާއީ ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ ކަމަށެވެ.

އަމީތާބް ހައްޔަރުކުރިކަމަށް ބުނެ އިންސްޓަގްރާމަށް ޕޯސްޓެއް ދޫކޮށްލުމުން އޭނާއަށް މަރުދެ ފޭނުން އަންނަނީ މުމްބާއީ ފުލުހުންނަށްވެސް ދުލަށް އައިހާއެއްޗެއް ގޮވަމުންނެވެ.

44%
ކަމުގޮސްފި
19%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
31%
ވަރަށް ސަލާމް
ކޮމެންޓްސް