ads
މޭރީ އަދީ އޭނާގެ ފިރިމީހާ މާވިން
މޭރީގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ ބާއްވަނީ
އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސް ނަރުސް، މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ އޭނާގެ ފިރިމީހާ މާވިން އެސް ވައި ވާގަސްއާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް މާދަމާ އަށް ތާވަލް ކޮށްފިއެވެ.
Advertisement

ރާއްޖޭގައި މަސައްކަތް ކުރަމުން ދިޔަ މޭރީ ނަމަކަށް ކިޔާ ބިދޭސީ ނަރުސް، 2021 ވަނަ އަހަރު މަރާލި ކަމަށް ބުނެ މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު އެ މައްސަލައިގައި މާވިންގެ ލޯބިވެރިޔާ ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

މި މައްސަލައިގެ ޝަރީއަތް އޮންނ\ާނީ މާދަމާ ހެނދުނު 09:30 ގައެވެ.

ކްރިމިނަލް ކޯޓުގައި މިދިޔަ ފެބްރުއަރީ 20ގައި އޮތް ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދިން ފުލުހަކީ ލަމްހާގެ ރައްޓެހި ފުލުސް މީހަކު ވަނީ ހެކިބަސް ދީފައެވެ. އޭނާ ބުނިގޮތުގައި ލަމްހާ އާއި މާވިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން މޭރީ އަށް އެނގިގެން ލަމްހާ އަށް މޭރީ މެސެޖްކޮށް، އެކަން އައިޖީއެމްއެޗަށް ހުށަހަޅާނެ ކަމަށް ބުންޏެވެ. އެ މީހުންގެ މެދުގައި މި ކަމާ ގުޅިގެން އުފެދުނު މައްސަލަތައް ވާހަކަ ދައްކައިގެން ހައްލުކޮށްދޭން ލަމްހާ އެދުނު ކަމަށްވެއެވެ.
ހެކިބަސް ދެމުން ފުލުސް މީހާ ބުނީ ލަމްހާގެ އެދިގެން މޭރީއަށް ގުޅައިގެން މޭރީއާ ބައްދަލުކުރި ކަމަށެވެ. އަދި މޭރީ ވެސް ބޭނުންވީ ވާހަކަ ދައްކައިގެން ހައްލު ކުރަން ކަމަށް އެ ހެކިވެރިޔާ ބުންޏެވެ. އެ ވާހަކަ ލަމްހާ ގާތު ބުނުމުން މާވިންއާ އޮތް ލޯބީގެ ގުޅުން ހުއްޓާލާނެ ކަމަށް ލަމްހާ ބުނި ކަމަށް ވެސް އޭނާ ބުންޏެވެ. މޭރީ މަރުވި ދުވަހު ލަމްހާ އޭނާއަށް ގުޅާފައި، މޭރީ އޭނާގެ އަމިއްލަ ނަފްސަށް ގެއްލުން ދީގެން މާވިން ޑީޕޯޓްކޮށްލަން އުޅެނީ ކަމަށް ބުނި ކަމަށާޢި އަދި ފަހުން، މޭރީ މަރުވި ވާހަކަ އޭނާއަށް ގުޅާފައި ބުނީ ވެސް ލަމްހާ ކަމަށް އެ ހެކިވެރިޔާ ބުންޏެވެ.

ޝަރީއަތުގައި ދިފާއީ ވަކީލުން ސުވާލަށް ޖަވާބު ދެމުން ފުލުސް މީހާ ބުނީ، އެ ވާހަކަތައް ފުލުހުންނަށް ކިޔައިދިނީ ފުލުހުންގެ ތަހުގީގަށް އެކަން އެނގިގެން އޭނާއާ ސުވާލު ކުރުމުންނެވެ. އަދި އަމިއްލަ އިސް ނެގުމުގައި އެ މައުލޫމާތު ނުދިނީ ތަހުގީގުތަކާ ނުގުޅޭ ފުލުހުންނަށް އެކަމުގެ ތެރެއަށް ވަނުމުގެ ބާރު ނޯންނާތީ ކަމަށް ލަމްހާގެ ރައްޓެހި ފުލުސް މީހާ ބުންޏެވެ.

ލަމްހާގެ ރައްޓެހި ފުލުހެއްގެ އިތުރުން ދެން  ހެކިބަސް ދިނީ ސީސީޓީވީ ކެމެރާގެ ވީޑިއޯ ފުޓޭޖްތައް ތަހުލީލުކުރި ފުލުސް މީހާ އެވެ. އޭނާ ބުނިގޮތުގައި ވީޑިއޯތަކުން ފެންނަނީ މާވިން ކަން ޔަގީންކަމާ އެކު ބުނަން އެނގުނަސް، ދެން ފެންނަ މީހަކީ ލަމްހާ ކަން ޔަގީންކަމާ އެކު ބުނާކަށް ނޭނގެ އެވެ.

ދެން އެދުވަހު ހެކި ބަސް ދިނީ މޭރީ މަރުވިކަމުގެ ރިޕޯޓް ލިބިގެން އައިޖީއެމްއެޗާއި އެ ގެއަށް ދިޔަ ފުލުހެކެވެ. އެ ފުލުސް މީހާ ބުނިގޮތުގައި އައިޖީއެމްއެޗްގައި މާވިންއާ ސުވާލު ކުރުމުން، މޭރީ މަރުވީ ބެޑް ޝީޓެއް ބޭނުންކޮށްގެން ކުޑަދޮރެއްގައި ދަންޖެހިގެން ކަމަށް ބުންޏެވެ. އޭނާ ބުނިގޮތުގައި މޭރީ މަރުވެފައި އޮތްއިރު އޭނާގެ މޫނު ރަތްވެ އަދި ލައިގެން ހުރި ހެދުން އޮތީ ތެމިފަ އެވެ. އަދި ފައިގައި ޒަހަމެއް ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް