ads
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ހަށިވިއްކި މީހުންގެ ބަންދަށް 15 ދުވަސް
މާލޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ބޮޑު ނެޓްވޯކެއް ފުލުހުން އަތުލައިގަނެފައިވާއިރު، އެ އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފި އެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތާއި ގުޅިގެން ހިންގީ އޮޕަރޭޝަނުގައި ޖުމްލަ 14 މީހުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

މި އޮޕަރޭޝަނުގައި މުޅިންވެސް ހައްޔަރުކޮށްފައިވަނީ ބިދޭސީން ނެވެ. އޭގެތެރޭގައި ހިމެނެނީ ބަނބުލަދޭޝްގެ އަށް ފިރިހެނަކާއި ބަނގުލަދޭޝްގެ އަންހެނަކާއި ތައިލެންޑްގެ ހަތަރު އަންހެނުން ނެވެ.

މިމީހުން ހައްޔަރުކުރީ މާލޭގެ ހަތަރު ތަނެއް ބަލާފާސްކުރުމަށް ފަހު އެވެ. 

މާލޭގައި ބިދޭސީންނާއި ދިވެހި ހަށިވިއްކުން އާއްމުވެ އެކަން ފާޅުގައި އިސްތިހާރުކޮށް ކުރަމުން ގެންދާތީ އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ގެންދާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް