ads
މުހައްމަދު އަބްދުލް ސައްތާރު (ޗަމްޕީ)
ފެތުމުގެ ބައިނަލްއަގްވާމީ އިސް މަގާމަކަށް ޗަމްޕީ
އޭޝިއާ އެކުއަޓިކްސް ބިއުރޯއަށް އޮލިމްޕިކް ކޮމިޓީ އަދި ސްވިމިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުލް ސައްތާރު (ޗަމްޕީ) އިންތިހާބުކޮށްފިއެވެ.

އޭޝިއާ އެކުއަޓިކްސް ބިއުރޯއަށް ޗަމްޕީ އިންތިހާބުކުރުމާއެކު ޗަމްޕީ ވެގެންދާނީ، އޭޝިއާ އެކުއަޓިކްސް ބިއުރޯއަށް އިންތިހާބުވީ ފުރަތަމަ ދިވެއްސަށެވެ. 

އޭޝިއާ އެކުއަޓިކްސް ބިއުރޯއަށް ޗަމްޕީ އިންތިހާބުވީ 19 ކެންޑިޑޭޓުންނާ ވާދަކޮށްގެނެވެ. އެ ބިއުރޯ އެކުލެވެނީ 10 މެންބަރުންގެ މައްޗަށެވެ. އިންތިހާބު އޮތީ ބެންކޮކުގައި، އޭޝިއާ އެކުއަޓިކްސް އިލެކްޓިވް ޖެނެރަލް ކޮންގްރެސްގައެވެ.

ޗަމްޕީއަކީ، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ އޮގަނައިޒިން ކޮމިޓީގެ ނައިބު ރައީސްވެސް މެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް