ads
މަޝްހޫރު ޝެފް ހިލްޑާ ބާސީޖޯ އަދި ޝުއާ އިގިންލާ
ހިލްޑާ އަކީ ޝާއިތާނެއް ކަމަށް ބުނި ފާދިރީއެއް ހޫނުފެނަށް
މަޝްހޫރު ޝެފް ހިލްޑާ ބާސީ އަކީ ޝައިތާނެއް ކަމަށް ބުނެ ފާދިރީ ޖޯޝުއާ އިގިންލާ ފާޑުކިއުމުން ގިނަބަޔަކު އެކަމަށް ނުރުހި ޖޯޝުއާއަށް ރައްދު ދޭން ފަށައިފިއެވެ.
Advertisement

ނައިޖީރިއާގެ ފާދިރީކަމުގެ ސަނަދު ދީފައިވާ ޖޯޝުއާ އިގިންލާ ވަނީ މަޝްހޫރު ޝެފް ހިލްޑާ ބާސީގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ފެޝަން ޗޮއިސްތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ދާދި ފަހުން ބޭއްވި ޝޯއެއްގައި އިގިންލާ ބުނީ ބާސީގެ ހެދުން އަޅާނީ ދީނީ ސުލީ ގޮތުން "އަންހެނަކަށް ނުރަނގަޅު" މިންގަނޑަކަށް ކަމަށެވެ. އަދި އޭނާ އަކީ "ސިހުރުވެރިއެއް" ކަމަށާއި "ޝައިތާނީ އަންހެނެއް" ކަމަށް ވެސް އޭނާ ތުހުމަތު ކުރި އެވެ.

އިގިންލާގެ ވާހަކަތަކަށް ބަސީ އަދި ޖަވާބެއް ނުދެއެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އޭނާގެ ދިފާއުގައި ނުކުމެފައެވެ. އެމީހުން ވަނީ އިގިންލާއަށް ބާސީގެ ދިރިއުޅުމުގެ ވައްޓަފާޅި ނިންމުމުގެ ހައްގެއް ނެތް ކަމަށާއި އޭނާގެ ކޮމެންޓްތަކަކީ އަންހެނުންނާ މެދު ނަފްރަތު އުފެދޭ ވާހަކަތަކެއް ކަމަށް ފާހަގަކޮށްފަ އެވެ.

މިއީ އިގިންލާ އަންހެނުންނާ ގުޅޭ ގޮތުން ހިޔާލުތަފާތުވުން ބޮޑު ވާހަކަތަކެއް ދެއްކި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން އޭނާ ވަނީ އެކަނިވެރި މައިންނަށް "ހަށިވިއްކާ" ކަމަށް ބުނެ އަންހެނުން ފަޓުލޫނު ލައިގެން ނުވާނެ ކަމަށް ބުނެފަ އެވެ. އޭނާގެ ވާހަކަތައް އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް