މި ތުހުމަތު ކޮށްފައިވަނީ ކޭންސް ފިލްމު ފެސްޓިވަލް އަށް އުރުވާށީ ތުންފަތުގައި ނޫކުލަ ޖައްސައިގެން ދިއުމާ ގުޅިގެންނެވެ.
މި ތުހުމަތު އުރުވާށީއަށް ކޮށްފައިވަނީ، 2007 ވަނަ އަހަރު ބޭއްވި ކާންސް ފިލްމް ފެސްޓިވަލްގައި އައިޝްވާރިޔާ ރާއީ ބައްޗަންގެ ބްލޫ ލިޕްސްޓިކުކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.
އުރުވާށީ އަދި އައިޝްވާރިއާ
އަދި ބައެއް މީހުން އުރުވާޝީ ރައުޓެލާއަށް ތައުރީފު ކުރިއިރު އަނެއް ބަޔަކު މަލާމާތް ވެސް ވަނީ ކޮށްފައެވެ. ނަމަވެސް އުރުވާޝީ ރައުޓެލާ އެ ފާޑުކިޔުންތަކުން ފަސްނުޖެހޭ ކަހަލަ ގޮތަކަށް ސޯޝަލް މީޑިއާއަށް ނުކުމެ އިލެކްޓްރިކް ނޫކުލައިގެ ލިޕްސްޓިކް އަޅައިގެން ހުރި ފޮޓޯއަކާއި އެކު ވަނީ އަންހެނުން ބާރުވެރިކުރުމާއި ގުޅޭ މެސެޖެއް ހިއްސާ ކޮށްފައެވެ.