ads
ރޭޕް
އިނގިރޭސި ވިލާތުގެ އަންހެނަކު ރޭޕު ކުރި އަންހެނަކު ފިރިހެން ޖަލަކަށް
އަންހެނަކު ރޭޕު ކުރި އަންހެނަކު ފިރިހެނުންގެ ޖަލެއްގައި ބަންދުކުރަން އިނގިރޭސި ވިލާތުގެ ކޯޓަކުން އަމުރުކޮށްފިއެވެ.

އޭނާ ވަނީ މީގެ ކުރިން ވެސް ރޭޕުގެ ކުށް ސާބިތުވެގެން ޖަލަށް ލާފައެވެ. ލެކްސީ-ރޯޒް ކިޔާ މި އަންހެން މީހާގެ މައްޗަށް ސާބިތުވީ ބްރިސްޓަލްގައި އަންހެނަކު ރޭޕްކޮށް އަނިޔާކުރި މައްސަލައެވެ. އޭނާ ފިރިހެނުންގެ ޖަލުގައި ބަންދުކުރަން ނިންމީ ނުވަ އަހަރަށެވެ. އޭނާ ދެވަނަ ފަހަރަށް ރޭޕްގެ ކުށުގައި ޖަލަށްލިއިރު އޭނާ ޖަލުން ނުކުތްތާ އަދި ވީ އެންމެ ދެ މަހެވެ. 

މިގޮތިން އޭނާ އަންހެނަކު ރޭޕު ކުރީ ވީޑިއޯ ގޭމު ކުޅެން ދައުވައިތު ދީ އެގެއަށް ގެންދިއުމަށްފަހުއެވެ.

އޭނާ ފިރިހެނުންގެ ޖަލެއްގައި ބަންދުކުރަން ނިންމި ސަބަބާއި ގުޅޭގޮތުން ގާޒީ ވިދާޅުވީ ކުޑަކުއްޖަކާ ޖިންސީ ގުޅުން ހިންގުމުގެ ކުށުގައި ކުރިން ކްރޮފޯޑްގެ މައްޗަށް ސާބިތުވެފައިވާކަމަށާއި، އޭނާ އަކީ "ނުރައްކާތެރި ކުށްވެރިއެއް" ކަމަށާއި އޭނާ އަކީ "އަންހެނުންނަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ފުރުސަތު ބޮޑު ނުރައްކަލެއް" ކަމަށެވެ.

ބައެއް މީހުން ކްރޮފޯޑް އަންހެނުންގެ ޖަލަކަށް ފޮނުވަން ޖެހޭނެކަމަށް ބުނާއިރު، އަނެއް ބަޔަކު ބުނަނީ އޭނާ ފޮނުވަން ޖެހުނީ ފިރިހެނުންގެ ޖަލަކަށް ކަމަށެވެ.

ޖަސްޓިސް މިނިސްޓްރީން ބުނެފައި ވަނީ މައްސަލަ މުރާޖައާ ކުރާނެ ކަމަށާއި ހުރިހާ ގައިދީންނާ މެދު އިންސާފުވެރިކަމާއި އިހުތިރާމާއެކު އަމަލު ކުރެވޭތޯ ބަލާނެކަމަށެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް