ads
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އެވޯޑް ހަފްލާއަކަށް ރައީސް ނަޝީދު އުތުރަށް ވަޑައިގަންނަވަނީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހއ. ދިއްދޫއަށް މިއަދު ވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އިބްރާހިމް ޒިޔާ ވިދާޅުވީ ރައީސް ނަޝީދު މިއަދު މެންދުރު ހއ. ދިއްދުއަށް ވަޑައިގަންނަވާނެ ކަމަށެވެ. 

ރައީސް ނަޝީދު ދިއްދުއަށް ވަޑައިގަންނަވަނީ "ތިލައުތުރު އެވޯޑްސް" ހަފްލާގައި ބައިވެރިވެ ވަޑައިގަތުމަށެވެ. 

ރައީސް ނަޝީދު މިއަދު ދިއްދުއަށް ވަޑައިގަންނަވާއިރު އެމަނިކުފާނު އިސްވެ ހުންނަވާ އުފެއްދުމަށް ނިންމާފައިވާ އާ ޕާޓީ އުފެއްދުމަށް ބޭނުންވާ ހުއްދައަށް އެދި އިލެކްޝަން ކޮމިޝަނަށް ފޯމް ހުށަހެޅުންވެސް އޮތީ މިއަދު މެންދުރު އެވެ. 

ރައީސް ނަޝީދު އާ ޕާޓިއެއް ހަދަން ނިންމާފައިވާއިރު އެމަނިކުފާނު އަދިވެސް ހުންނެވީ އެމްޑީޕީގެ ރައީސް ކަމުގަ އެވެ. އެމަނިކުފާނު އެމްޑީޕީ ދޫކޮށްލައްވާނެ ތާރީހެއް އަދި ކަނޑައަޅާފައިނުވެ އެވެ. 

ރައީސް ނަޝީދަށް ތާއިދު ކުރައްވާ 12 މެންބަރުން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި އެމްޑީޕީއާއި ވަކިވެ އާ ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރަން ފަށާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް