ads
ޝާހުރުކް ހާން
ޝާހުރުކް ހާންގެ ލީކުވި ޗެޓް ލޮގަކީ ފޭކެއް: ރިޕޯޓު
އިންޑިއާ ފުލުހެއް ކަމަށްވާ ސަމީރު ވަންޚޭޑޭއާ އެކު އާރިޔަން ހާންއާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވަނި ލީކުވި ޗެޓްތަކަކީ ފޭކް ޗެޓްތަކެއް ކަމަށް ޝާހުރުކް ހާންގެ ރަހުމަތްތެރިއަކު ބުނެފިއެވެ.

އެކުވެރިޔާ ބުނީ އާރިޔަން ދުވަހަކުވެސް ވަންޚޭޑޭ ގާތު އާދޭސް ނުކުރާ ކަމަށާއި ޗެޓްތައް ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި އެ ޗެޓްތައް ލީކުވެ، މަސްތުވާތަކެތީގެ މައްސަލައިން ޝަާހުގެ ދަރިފުޅު އާރިޔަން ހާން ސަލާމަތްކުރުމަށް ވަންޚޭޑޭގެ އެހީތެރިކަމަށް އެދިފައިވާ މަންޒަރު ފެނެ އެވެ. އެ ޗެޓްތަކުން ވެސް ފެންނަނީ ވަންޚޭޑޭ އާރިޔަން ދޫކޮށްލުމުގެ ބަދަލުގައި ފައިސާއަށް އެދެމުން ދިޔަތަނެވެ.

ނަމަވެސް ޝާހްރުކް ހާންގެ އެކުވެރިޔާ ވަނީ އެ ޗެޓްތަކަކީ ފޭކް ޗެޓްތަކެއް ކަމަށާއި ޝާހު ދުވަހަކުވެސް އެގޮތަށް އާދޭސް ނުކުރާ ކަމަށް ބުނެފައެވެ. 

އަދި އާރިޔަންގެ ކުށެއް ނެތް ކަމަށާއި މަސްތުވާތަކެތީގެ މައްސަލައިގައި އޭނާ ފްރޭމްކޮށްފައިވާކަމަށް ކަމަށް ވެސް ޝާހުގެ އެކުވެރިޔާ ވަނީ  މިއަދު އިންޑިއާގެ ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުންބުނެފަ އެވެ. ރަހުމަތްތެރިޔާ ބުނީ އާރިޔަން އަކީ ފުލުހުންނަށް އެއްބާރުލުން ދެމުންދާ މީހެއް ކަމަށާއި ހުރިހާ ދައުވާއަކުން ވެސް ސަލާމަތްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މި މައްސަލަ އަދިވެސް ތަހުގީގު ކުރަމުންދާއިރު ދެން ވާނެ ގޮތެއް ސާފެއް ނުވެއެވެ. ނަމަވެސް އެ ޗެޓްތަކަކީ ފޭކް ޗެޓްތަކެއް ކަމަށް ބުނާ ވާހަކަތަކުން އާރިޔަން ހާންގެ މައްސަލައިގެ އިތުބާރާ މެދު ވަނީ ޝައްކު އުފެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް