މިދިޔަ އަހަރުގެ ޖެނުއަރީ 24 ވަނަ ދުވަހު ރަޝިއާއިން ޔުކްރޭނަށް އަރާ ހަނގުރާމަ ފެށިފަހުން އެމެރިކާ އިސްވެ އޮވެ ރަޝިއާއަށް ވަނީ ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.
އެގޮތުން ރަޝިއާގެ އިސް އޮޕިޝަލުން އެމެރިކާއާއި ޔޫރަޕަށް ދަތުރުކުރުން މަނާކުރުމާއި އިގްތިސާދީގޮތުން ރަޝިއަށް އުނދަގޫކުރުން ހިމެނެއެވެ.
ރައްދުގައި ރަޝިއާއިން ވެސް ވަނީ އެމެރިކާގެ އޮފިޝަލުން ރަޝިއާއަށް އެރުން މަނާކޮށް ބްލެކްލިސްޓް ކޮށްފައެވެ. އެންމެ ފަހުން ލިސްޓް އަޕްޑޭޓްކުރިއިރު އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ނަންވެސް ލިސްޓުގައި ހިމެނެއެވެ.
ރަޝިއާއިން ބުނީ އެމެރިކާގެ 500 އޮފިޝަލެއް މިހާރު ބްލެކްލިސްޓްކޮށްފައިވާކަމަށާއި ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ކަމަށެވެ.