ސީޕީ މިރޭ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ފުލުހުންގެ މީހާއަށް ގުރޫޕަކުން ހަމަލާދިން ވީޑިއޯ ބައްލަވާފައިވާ ކަމަށެވެ.
ގަލޮޅު ފޮލިސްގައި މަސައްކަތް ކުރާ އެ ފުލުސްމީހާއަށް ހަމަލާދިނުމުން އޭނާ ސަލާމަތްވުމަށް ހިތްވަރާ އެކު ކުރިމަތިލާ ކުރި މަސައްކަތަށް ތައުރީފް ކުރާކަމަށާއި ހަމަލާދިން މީހުން ހައްޔަރުކުރުމަށް ހުޅުމާލޭ ފުލުހުން އެޅި އަވަސް ފިޔަވަޅަށް ސެލިއުޓް ކުރައްވާކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
ނަމަވެސް ފުލުސް މީހާއަށް ހަމަލާދިނީ ކޮން ގޭންގަކުން ކަން ސީޕީ ވިދާޅެއް ނުވެއެވެ.
ހުޅުމާލޭގައި ފުލުހަކަށް ހަމަލާ ދިނުމުން ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދާއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ނުދެއެވެ.
މިރޭގެ ހަމަލާއަށް ފަހު ގޭންގު މީހުން ފިލަން ވަތް ހުޅުމާލޭ ފްލެޓްގެ ތެރެއިން އެމީހުން ހައްޔަރުކޮށްގެން ކުޑައިރުކޮޅެއްގެ ތެރޭގައި ފުލުހުން ގެންދިޔައީ، އެމީހުން ތިބި އެޕާޓްމަންޓްގެ ދޮރު ވައްޓާލުމަށް ފަހު އެތަނަށް ވަދެއެވެ.