ފިލްމަށް ދެ ބަތަލާ ބޭނުންވާ ކަމަށް ޑައިރެކްޓަރު މޯހިތު ބުނެފައިވާއިރު ދިޝާގެ އިތުރުން ފެނިގެންދާނީ ތާރާ ކަމަށް މޯހިތު ވަނީ ބުނެފައެވެ. މޯހިތު ބުނީ ތާރާ ފެނިގެންދާނީ ލަވަ ކިޔުންތެރިއެއްގެ ރޯލުން ކަމަށެވެ.
ފިލްމުގެ ދެވަނަ ބައިގެ ލީޑު ރޯލުން ފެނިގެން ދަނީ ޖޯން އަބްރަހަމް އާއި އަދިތުޔާ ރޯއީ ކަޕޫރެވެ. މިއީ ޖޯން އާއި އަދިތުޔާ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. އެކަމަކު ޑައިރެކްޓަރު މޯހިތާއެކު، އަދިތިޔާ މަސައްކަތްކުރާ މިއީ ތިން ވަނަ ފިލްމެވެ.
ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔައީ ޝްރަދާ ކަޕޫރާއި ސިދާތު މަލްހޯތްރާ އަދި ރިތޭޝް ދޭޝްމުކްއެވެ. ފިލްމުގެ މަސައްކަތް ފަށާނެ ދުވަހެއް އަދި އެނގިފައިނުވާއިރު ފިލްމު ނެރޭނެ ދުވަހެއް ވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.