ads
ޖޯރޯ މަކުނެއް
އެމެރިކާގައި ބޮޑެތި ވިހަ ގަދަ މަކުނުތަކެއް ފެތުރެނީ
އެމެރިކާގެ ޔުނިވާސިޓީ އޮފް ޖޯޖިއާގެ އާ ދިރާސާއަކުން ދައްކާ ގޮތުގައި އެމެރިކާގެ އިރުދެކުނު ސަރަހައްދުގައި ހަލުވިކަމާއެކު ފެތުރެމުންދާ ބޮޑު އަދި ވިހަ މަކުނެއްކަމަށްވާ "ޖޯރޯ ސްޕައިޑަރަކީ" ހައިރާން ކުރުވަނިވި ގޮތަކަށް ބިރުވެރި އުކުޅުތަކެއް ދަންނަ މަކުނެކެވެ.

މި ދިރާސާގެ ލީޑް އޮތޯރިޓީ އެންޑީ ޑޭވިސް ވިދާޅުވީ ޖޯރޯ ސްޕައިޑަރަކީ "މިހާތަނަށް ލިޔެކިޔުނު އެންމެ ލަދުވެތި މަކުނު" ކަމަށެވެ.

"ޖޯރޯ ސްޕައިޑަރަކީ" އިރުމަތީ އޭޝިއާއަށް ނިސްބަތްވާ އެއްޗެއް ނަމަވެސް ފުރަތަމަ ފެނުނީ އެމެރިކާއިން ޖޯޖިއާ އިން 2013 ވަނަ އަހަރު ކަމަށާއި އޭގެ ފަހުން އެ ސްޓޭޓްގެ އެކި ހިސާބުތަކަށް ވަރަށް ހަލުވިކަމާއެކު ފެތުރި އަލަބާމާ، ޓެނެސީ، ނޯތު ކެރޮލައިނާ، ސައުތު ކެރޮލައިނާ އަދި ފްލޮރިޑާ އިން ފެނިފައިވާ ކަމަށެވެ .

"ޖޯރޯ ސްޕައިޑަރަކީ" ބޮޑު މަކުނެއް ކަމަށާއި، އަންހެން މަކުނުތަކުގެ ފައިގެ ދިގުމިން 3 އިންޗި ހުރެއެވެ. އަދި މިއީ ވިހަ މަކުނެއްކަމަށާއި އޭގެ ވިހައަކީ މެޑިކަލީ މުހިންމު އެއްޗެއް ނޫންކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ. 

ޑޭވިސް އާއި އޭނާގެ އެކުވެރިން ވަނީ "ޖޯރޯ ސްޕައިޑަރުގެ" ސުލޫކާއި ބެހޭ ގޮތުން އިތުރަށް ދަސްކުރުމަށް ދިރާސާއެއް ކުރިއަށް ގެންގޮސްފައެވެ. އެމީހުންނަށް އެނގުނު ގޮތުގައި މި މަކުނަކީ ހައިރާން ކުރުވަނިވި ގޮތަކަށް ބިރުވެރި އެއްޗެކެވެ. އުނދަގޫ ވުމުން ގިނަ ފަހަރަށް އަމިއްލައަށް "ގަނޑުވެގެން" ގަޑިއިރަކަށް ވުރެ ގިނައިރު ހުރެއެވެ. 

"ޖޯރޯ ސްޕައިޑާ" އަކީ އުދުވާނީ ހަމަލާދޭ ކުޅަނދު ފަދަ އެއްޗެއް ނޫންކަން ވެސް ދިރާސާވެރިންނަށް ފާހަގަ ކުރެވުނެވެ. އެމީހުންގެ ދިރާސާގައި ބުނެފައިވާގޮތުން އެ ފަދަ މަކުނެއް ދުވަހަކުން އިންސާނެއްގައިގައި ދަތް އަޅާފައެއް ނުވެއެވެ.  

ދިރާސާވެރިން ގަބޫލުކުރާ ގޮތުގައި "ޖޯރޯ ސްޕައިޑާ"ގެ ބިރުވެރިއެއްޗެއްގެ ގޮތުގައި ގިނަ ބަޔަކުދެކުމަކީ އެމެރިކާގެ އިރުދެކުނު ސަރަހައްދުގައި ފެތުރިގެން މިހާ ކާމިޔާބު އެއް ސަބަބަކަށް ވެދާނެ އެވެ. އިންސާނުން ވެސް ބިރުގަންނަ މި މަކުނަކީ ޝިކާރަކުރާ ޖަނަވާރުތަކުން ކެއުމުގެ ފުރުސަތު ކުޑަ އެއްޗެކެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް