ads
ޕްރޮޖެކްޓްތަކުގައި ސޮއުކުރުމަށް ފަހު
ހަ ރަށެއްގައި ކުޅިވަރު ވަސީލަތައްތައް ތަރައްގީކުރަން ހަވާލުކޮށްފި
ހަ ރަށެއްގައި ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ކޮންޓްރެކްޓަރުންނާއެކު ސޮއިކޮށްފިއެވެ.

ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމަށް ކޮންޓްރެކްޓަރުންނާއެކު ސޮއިކޮށްފައިވަނީ، ހދ. ނޮޅިވަރަން، ހދ. ހަނިމާދޫ އަދި  ގއ. ދާންދޫ ފުޓްބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ގާއިމްކުރުމަށާއި، ފ. ބިލެތްދޫ އަދި ދ. މާއެނބޫދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ އިތުރުން، ލ. ގަން (މަތިމަރަދޫ) ގައި އައުޓްޑޯ ވޮލީކޯޓެއް ތަރައްގީކުރުމަށެވެ.

މި އެއްބަސްވުންތަކުގެ ދަށުން ހދ. ނޮޅިވަރަމް އަދި ހދ. ހަނިމާދޫ އަދި ގދ. ދާންދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތް ކުރުމަށް ޔޫތު މިނިސްޓްރީން ހަވާލުކޮށްފައިވަނީ ތިހްނާން އިންވެސްޓްމެންޓް އާއެވެ. މި ދަނޑުގެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރީ މަސައްކަތް ފަށާތާ، 44 ދުވަހުގެ ތެރޭ ނިންމަން ޖެހޭ ގޮތަށެވެ.

ފ. ބިލެތްދޫ  އަދި ދ. މާއެނބޫދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމަށް ޔޫތު މިނިސްޓްރީން ވަނީ އާރު.ޖީ އިންޓަނޭޝަނަލް ޕްރައިވެންޓް ލިމިޓެޑް އާއެކު ކޮންޓްރެކްޓްގައި ސޮއިކޮށްފައެވެ. މިއިން ކޮންމެ މަސައްކަތަކީ 2،702،632.16 މިލިއަން ރުފިޔާގެ ޕްރޮޖެކްޓް އެކެވެ.

ލ. ގަން (މަތިމަރަދޫ) އައުޓްޑޯ ވޮލީކޯޓް ތަރައްގީކުރުމަށް ޔޫތު މިނިސްޓްރީން ހަވާލުކޮށްފައިވަނީ ގްރީންލައިން މޯލްޑިވްސް އާއެވެ. މި މަސައްކަތަކީ 1،374،178.01 މިލިއަން ރުފިޔާގެ ޕްރޮޖެކްޓް އެކެވެ. މި މަސައްކަތް ގްރީންލައިން މޯލްޑިވްސް އާއި ހަވާލުކުރީ މަސައްކަތް ފަށާތާ 45 ދުވަސް ތެރޭގައި ނިންމަން ޖެހޭގޮތަށެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް