
އިންޑިއާގެ މަހާރާޝްތުރާ ސްޓޭޓުގެ ސަރުކާރުން ވަނީ ވައި ޕްލަސް ކެޓަގަރީގެ ސެކިއުރިޓީ އެކްޓަރަށް މިހާރު ވެސް ފޯރުކޮށްދީފައެވެ. އެއީ މީގެ ކުރިން އޭނާއަށް ލިބުނު އިންޒާރަކާ ގުޅިގެންނެވެ. އެ އިންޒާރުވެސް ދިނީ ބިޝޯނީއެވެ.
މިހާރު ތިހާރު ޖަލުގައި ބަންދުކޮށްފައިވާ ލޯރެންސް ބިޝްނޯއީ ވަނީ ވިޔަފާރިވެރިންގެ އަތުން ލިބޭ ވައްކަން ކުރުމުގެ ފައިސާ އޭނާގެ ގޭންގު ހިންގުމަށް ބޭނުންކުރި ކަމަށް ވެސް އިއުތިރާފުވެފަ އެވެ.
ޑިސެމްބަރު 2022 ގައި ބިޝްނޯއީ އޭނާގެ ކުށްތަކަށް އިއުތިރާފުވެ، އޭނާ އެންމެ މަރައިލަން ބޭނުންވާ 10 މީހުންގެ ލިސްޓު ވެސް އޭނާ ވަނީ ފުލުހުންނަށް ކިޔައިދީފައެވެ.
އެ ލިސްޓުގައި ހިމެނެނީ،: ސަލްމާން ޚާން، ޝަގުންޕްރީތު، މަންދީޕް ދަލީވާލް، ކައުޝަލް ޗައުދަރީ، އަމިތު ދާގަރު، ސުކްޕްރީތު ސިންގް ބުދު، ލަކީ ޕަޓިއަލް، ރަމީ މަސާނާ، ގުރްޕްރީތު ސެހޮން، ބޮލޫ ޝޫޓާ، ސަނީ ލެފްޓީ، އަދި އަނިލް ދަތު އެވެ.