އެތަނަށް އެންމެ ފަހުން ބަދަލުވި ދެމަފިރިން މީގެ ތިން އަހަރު ކުރިން މަރުވިފަހުން އެ އެޕާޓްމަންޓަށް ދިރިއުޅެން ވަންނަން އެހިސާބު އެއްވެސް ބަޔަކަށް ނުކެރެއެވެ.
ސަބަބަކީ އޭގެ ކުރިންވެސް އެތަނުގައި 9 މީހަކު މަރުވުމެވެ. ހުރިހާ އެންމެންވެސް މަރުވެފައި ތިއްބާ ފެންނަނީ އެތަނުގެ އެއް ކޮޓަރީގެ ފާހާނާ ތެރެއިންނެވެ.
ކުރީގެ ރިޕޯޓްތަކުގައި ވާގޮތުން އެޕާޓްމަންޓްގައި މަރުވެފައި ތިބޭ މީހުންގެ ގައިން އަނިޔާގެ އަދި އާދަޔާ ހިލާފު އެއްވެސް ނިޝާނެއް ފެންނަން ނުހުންނައިރު އެމީހުން މަރުވި ސަބަބުން ޕޯސްޓްމޯޓަމް ރިޕޯޓްތަކުންވެސް ސާފެއް ނުވެއެވެ.
އަލަތު ކައިވެންޏަށް ފަހު މީގެ ތިން އަހަރު ކުރިން އެޕާޓްމަންޓަށް ބަދަލުވި ދެމަފިރިން މަރުވެފައި ތިއްބާ ފެނުނީ އެމީހުން އެތަނަށް ބަދަލުވިތާ ތިން ދުވަސް ވީއިރުވެސް ހަބަރެއް ނުވުމުން ފުލުހުން ގެނެސްގެން ބެލުމުންނެވެ.
އޭގެ ކުރިންވެސް އެ އެޕާޓްމަންޓްގައި މީހުން މަރުވާލެއް ގިނަ ކަމުން އަދި އެކަން ދިމާވަނީ އެތަނުގެ އެއް ފާހާނާއެއްގެ ތެރޭގައިކަމަށް ވާތީ، އެޕާޓްމަންޓްގައި މީހުންނަށް ދިރިއުޅެން ނުކެރި އެތައް މަހެއް ވެއެވެ. އެންމެ ފަހުން މީހުން މަރުވި ހާދިސާއަށް އަހަރުތަކެއް ވީއިރުވެސް އެތަނުގައި މީހުން ދިރިނޫޅޭއިރު އެތަން ބަލަން އަންނަ މީހުނަށްވެސް އެހިސާބު މީހުން އެތަނުގެ ހަގީގަތް ކިޔާދިނުމުން އެތަނަށް ބަދަލުވާކަން ނުކެރެއެވެ.