ads
ފިޝަރީޒް މިނިސްޓަރު. ފޮޓޯ: މަޖިލިސް
މިފްކޯއިން ވިއްކާ މަހުގެ މައުލޫމާތަކީ ފިޝަރީޒް މިނިސްޓްރީން ބަލަހައްޓާ ކަމެއްނޫން
މިފްކޯއިން ތައިލެންޑަށް ވިއްކާ މަހުގެ މައުލޫމާތަކީ ފިޝަރީޒް މިނިސްޓްރީން ބަލަހައްޓާ މައުލޫމާތެއް ނޫން ކަމަށް ފިޝަރީޒް މިނިސްޓްރު ޑރ. ހުސައިން ރަޝީދު ވިދާޅުވެއްޖެއެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ލިއުމުން ޖަވާބު ދެއްވުމަށް ފޮނުވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެ ހިސާބުތައް މިފްކޯއިން ބަލަހައްޓާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި ، އަދި އެއީ މިނިސްޓްރީން އެއްކޮށް ބަލަހައްޓާ މައުލޫމާތެއް ނޫން ކަމަށެވެ. އަދި އެހިސާބުތައް މިފްކޯއިން ބަލަހައްޓާނެކަމަށް ބެލެވޭކަމަށް ވިދާޅުވެފައިވއެވެ.

އިބްރާހީމް ރަޝީދު ވަނީ މިފްކޯއިން ވިއްކާ މަހުގެ ތެރެއިން ރިޖެކްޓްވާ މަހާ ބެހޭ ގޮތުން 3 ސުވާލެއް ކުރައްވާފައެވެ. 

ފުރަތަމަ ސުުވާލަކީ މިކޯއިން ތައިލެންޑަށް ވިއްކާފައިވާ ކަޅުބިލަމަހާއި ކުދި ކަންނެލި މަހުގެ ރިޖެކްޓް ލެވެލް ފާއިތުވީ ތިން އަހަރު ޑިސްކައުންޓް ކުރެވިފައިވާނަމަ ނުވަތަ ހިލޭ ދޫކޮށްލެވިފައިވާނަމަ އެފައިސާގެ ޖުމްލައަދަދަކީ ކޮބައިތޯއާއި، އަދި އެގޮތުން 2016،1017 އަދި 2018ގައި ހުރި މިންވަރުގެ ތަފްސީލަކީ ކޮބައިތޯއެވެ.

ދެވަނަ ސުވާލެއްގެ ގޮތުން އިބްރާހީމް ރަޝީދު ކުރެއްވި ސުވާލަކީ ފާއިތުވީ ތިން އަހަރު މިފްކޯއިން ތައިލެންޑަށް ވިއްކާފައިވާ ކަޅުބިލަ މަހާއި ކުދި ކަންނެލީގެ ރިޖެކްޝަން ލެވެލްއަކީ ނުވަތަ ޝިޕްމަންޓްތަކުގެ އިންސައްތައަކީ ކޮބައިތޯއެވެ.

އަދި ތިންވަނަ ސުވާލެއްގެ ގޮތުން ތައިލެންޑްގެ ކޯލްޑް ސްޓޯރޭޖް ނުވަތަ ގަންނަފަރާތުގެ ގުދަންތަކާ ހަމައިން ކަޅުބިލަ މަހާއި ކުދި ކަންނެލި މަހަށޤ ހައްދަވަނީ ކިހިނެއްތޯ ސުވާލު ކުރައްވާފައިވއެވެ. 

މި ހުރިހާ ސުވާލެއްގެ ޖަވާބުގައިވެސް މިނިސްޓްރު ލިއުމުން ދެއްވާފައިވަނީ އެއް ޖަވާބެކެވެ. މިފްކޯއިން އެ ހިސާބުތައް ބަލަހައްޓާވާނެ ކަމަށް ބެލެވޭ ކަމަށާއި މިނިސްޓްރީން އެކަން ނުކިުރައްވާ ކަމަށެވެ. 

މި ޖަވާބާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެކަން އެއީ މިނިސްޓަރު ބައްލަވަން ޖެހޭ ކަމެއްތޯ މަޖިލީހުން މިހާރު ބައްލަވަމުން ގެންދަވާ ކަމަށާއި، ރިޖެކްޓް މަހަކީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއްގެ ގޮތުގައި ، މަޖިލީހުން މީގެ ކުރިން ބެލި ބެލުމުން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް