ads
ރައީސް މައުމޫނު
އެމްއެމްއާރުއެމް އުވާލަން ނިންމި ނިންމުމަކީ ގާނޫނާ ހިލާފް ކޮރަޕްޓް ނިންމުމެއް: މައުމޫނު
މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރުއެމް އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމި، ނިންމުމަކީ ގާނޫނާއި ހިލާފު ކޮރަޕްޓް ނިންމުމެއްކަމަށް އެޕާޓީގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
Advertisement

ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވެގެން ދެ ވަނަ ނޯޓިސްއެއް ދިނުމަށް ފަހު  އެމްއާރުއެމް އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ވަނީ ނިންމާފައެވެ. އިލެކްޝަންސްއިން ހާމަކުރި މައުލޫމާތުގައިވާގޮތުން ފެބުރުއަރީއާ ހަމައަށް އެޕާޓީގެ މެމްބަރުންގެ އަދަދަކީ 2،981 އެވެ. މަދުވަނީ 21 މެންބަރުންނެވެ.

އެމްއާރުއެމް އުވާލަން ނިންމިކަން އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް އަންގާފައިވާ ކަމަށާއި ނަމަވެސް އެއީ ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމެއްކަމަށް ވިދާޅުވެ ޕާޓީގެ ރައީސް އަހުމަދު ފާރިޝް މައުމޫނު ކުރެއްވި ޓްވިޓަކަށް ދެއްވި ޖަވާބުގައި މައުމޫނު ވިދާޅުވީ އެޕާޓީ އުވާލަން އީސީން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު އަދި ކޮރަޕްޓް ނިންމިމެއް ކަމަށެވެ.

އަދި އީސީގެ މިނިންމުމާ ދެކޮޅަށް މަސައްކަތް ކުރައްވާނެކަމަށާއި ކާމިޔާބުވެސް ހޯއްދަވާނެކަމަށް މައުމޫނު ވިދާޅުވިއެވެ.

ފާރިޝްވެސް ވަނީ މިއީ އުނދަގޫ ދަނޑިވަޅެއްކަމަށް ވިދާޅުވެ މިވަގުތު ޕާޓީގެ މެމްބަރުން ކެތްތެރިވެ ޕާޓީއާއެކު ތިބުމަށް އެދިވަޑައިގެންނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް