ads
ގެެއްލިގެން ހޯދަމުން އަންނަ "ބްރިލިއަންޓް ކެރިއަރ" ދޯނި މީގައި ތިބި ފަސްމީހުންގެވެސް ހަބަރެއް ނުވާކަމަށް ފުލުހުން ބުނޭ
ގެއްލުނު ދޯނި ފެނިއްޖެ، އިންޖީނު ހުއްޓި އޮޔާދަނީ
ހުޅުމާލެއަށް ދަތުރުކުރަމުންދަނިކޮށް 5 މީހަކު ގެއްލިގެން ހޯދަމުން އައި ދޯނި ފެނިއްޖެއެވެ.
Advertisement

ގެއްލިގެން ހޯދަމުން އައީ "ބްރިލިއަންޓް ކެރިއަރ" ނަމަކަށް ކިޔާ ދޯންޏެކެވެ. 

މި ދޯނިން ދަތުރުކުރި 5 މީހުންގެ ތެރޭގައި ހިމެނެނީ 3 ދިވެހިންނާއި ދެ ބިދޭސީންކަމަށް ފުލުހުން ބުނެއެވެ. އަދި މި ދޯނި ގެއްލުނީ ރޭ 8:00 އެހައިކަންހާއިރު ގދ. ގައްދޫއިން ފުރައިގެން ހުޅުމާލެއަށް ދަތުރުކުރަނިކޮށްކަމަށްވެސް ފުލުހުން ބުނެއެވެ. 

ގެއްލިގެން ހޯދަމުން އަންނަނިކޮށް އެ ދޯނި ފެނުނީ ފަތިހު 04:00 ހާއިރުކަމަށެވެ. ދޯނީގައި ދަތުރުކުރި އެންމެންގެ ހާލު ރަނގަޅުކަމަށް އެމްއެންޑީއެފުން ބުނެއެވެ. ދޯނި ފެނުނީ ގއ. ވިލިގިނލީގެ އިރުއުތުރުން 48 މޭލު ބޭރުގައި އޮއްވާކަމަށާއި އެ ދޯނި ފެނުނު އިރު ދޯނީގެ އިންޖީނު ވަނީ ހުއްޓިފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

ދޯނީގެ ވެރިފަރާތުން އެ ދޯނި ކައިރި ރަށެއްގެ ބަނދަރަކަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެމްއެންޑީއެފުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް