ads
ސަނާ އަދި އާމިރު
އާމިރްގެ ދަރިއެއްގެ ބައި ކުޅުނު ސަނާ އޭނާގެ ލޯބިވެރިއަކަށް!
ވަރަށް ކުޑައިރުންސުރެ ފިލްމު ކުޅެމުން އަންނަ ފާތިމަތު ސަނާ ޝެއިހް އަކީ މިހާރު އުމުރުން 31 އަހަރުގެ ޒުވާނެކެވެ.

ނުވަދިހައި ގެ ފިލްމުތަކުން ފެށިގެން އޭރުގެ ސްޓާރުންގެ ދަރިއެއްގެ ބައި ކުޅެމުން ދިޔަ ސަނާ ވަނީ ދަންގަލްގައި އާމިރު ހާންގެ ދަރިއެއްގެ ބައިވެސް ކުޅެފަ އެވެ. ވަރަށް ކުޑައިރު އާމިރު އާއި ސަނާ ބައްދަލުވެފައިވާއިރު އާމިރުގެ އުމުރަކީ މިހާރު 58 އަހަރެވެ.

ދަންގަލްގައި އާމިރުގެ ދަރިއެއްގެ ބައި ސަނާ ކުޅުނު އިރު އޭނާގެ އުމުރަކީ އެންމެ 23 އަހަރެވެ. އަދި އޭރު އާމިރުގެ އުމުރަކީ 50 އަހަރެވެ.

އޭރުންސުރެ ގިނަ ބަޔަކު އަންނަނީ ސަނާ އާއި އާމިރު ލޯބީގެ ގުޅުމެއް އޮންނަ ކަމަށް ބުނަމުންނެވެ. އެފަދަ ވާހަކަތައް ނޫސްތަކުގައި ފެތުރުނު ނަމަވެސް އެކަން ދެ ތަރިން ވެސް މުތްލަގަށް ދޮގޮކޮށްފައެއް ނުވެއެވެ. 

ނަމަވެސް އެމައްސަލާގައި ތަންކޮޅެއް ކުރިން ސަނާ ބުނެފައިވަނީ މީހުން ފާޑުފާޑުގެ ވާހަކަ ދައްކަނީ އެއްވެސް ހަގީގަތެއް ނޭންގި ތިބެ ކަމަށެވެ. އަދި ހަގީގަތެއް ނުބަލާ އެފަދަ ވާހަކަތައް ދައްކާ އެފަދަ ވާހަކަތައް ލިޔަމުން ގެންދާތީ ވަރަށް އުނދަގޫ ވާކަމަށް ސަނާ ބުނެފައި ވެއެވެ.

އަނެއްކާ ވެސް އެވާހަކަތައް ފެންމަތިވެގެން މިއުޅެނީ އާމިރްގެ ގޭގެ ގޯތިތެރޭ ދެ ތަރިން ޓެނިސް ކުޅެން އުޅޭ ވީޑިއޯއެއް އާއްމުވެ ވީޑިއޯގައި ދެ ތަރިން ވަރަށް ގާތްކޮށް މަޖާ ނަގަމުން ގެންދާތައް ފެނުމުންނެވެ. އެ ވީޑިއޯ ވަނީ ވަރަށް ބޮޑަށް ވައިރަލް ވެފައެވެ.

ބައެއް ނޫސްތަނުގައި ބުނެފައިވަނީ ސަނާއަކީ މިހާރު އާމިރުގެ ހަގު ދަރިފުޅު އާޒާދްގެ ދޮން މަންމަ ކަމަށެވެ. މީގެ އިތުރުން އާމިރުގެ އެންމެ ފަހުގެ އަންހެނުން ކިރަން ރާއީ އާއި އާމިރް މައްސަލަ ޖެހުނީ ވެސް ސަނާ އާ އޮންނަ ގުޅުމުގެ ސަބަބުން ކަމަށް ބުނެފައި ވެއެވެ.

ނަމަވެސް މިފަހަރުގެ މިވާހަކަތަކަށް ސަނާ އަދި އާމިރު ވެސް ރައްދު ދީފައެއް ނުވެއެވެ.

38%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް