ads
ރާއްޖޭގެ ރަށެއްގެ މަންޒަރެއް
ކުރީގެ އަނބިމީހާގެ ބަރަހަނާ ފޮޓޯ އާއްމުކުރި މީހަކު ޖަލަށް
ކޮވިޑުގެ ދުވަސްވަރު، ކުރީގެ އަނބިމީހާގެ ބަރަހަނާ ފޮޓޯ މީސް މީހުންނަށް ފޮނުވި މީހަކު ޖަލަށްލާން ހުކުމްކޮށްފިއެވެ.

މިއީ ދެކުނުގެ ރަށެއްގައި ހިނގި 2020 ވަނަ އަހަރު ހިނގި ހާދިސާއެކެވެ. މި ހާދިސާގައި ފިރިހެން މީހާ އޭނާގެ އަންހެނުންނާ އިނދެގެން އުޅުނުއިރު ދެ މީހުން ރުހިގެން ނެގި ބަރަހަނާ ފޮޓޯތަކެއް، އަންހެނުން ވަރިކުރުމަށް ފަހު އަންހެން މީހާގެ އާއިލާގެ މެންބަރުންނަށާ އަދި އެހެން ބައެއް މީހުންނަށް ފޮނުވައި ހެދިއެވެ.

މި މައްސަލައިގައި ފިރިހެން މީހާ އެންމެ ފުރަތަމަ އެކަން ކުރިކަމަށް ކޯޓުގައި އިންކާރު ކުރިނަމަވެސް ފަހުން ވަނީ ކުށަށް އިއުތިރާފުވެފައެވެ. 

އެހެންކަމުން މައްސަލަ ކުރިއަށް ގެންދިޔައީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.

މައްސަލައިގައި ދައުލަތުން އެ ފިރިހެން މީހާގެ މައްޗަށް އުފުލާފައިވަނީ އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާއެވެ. 

މި ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި ހުކުމް ކުރީ، އެއް މަހާއި ހަ ދުވަހަށް ޖަލަށްލުމާއެކު 5400 ރުފިޔާގެ ޖޫރިމަނާއެކެވެ.

14%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
43%
ސަތޭކައަކުން ސުމެއް
43%
ވަރަށް ސަލާމް
ކޮމެންޓްސް