އޭނާ ސަމާސާކޮށް ބުނީ ޝާހުރުކް ހާން އަށް ހަމައެކަނި ޖެހޭނީ އަތްތިލަ ފަތުރާލަން ކަމަށާއި އެކަން ކުރާތަން ފެނުމުން ރާހާ ވަރަށް އުފާވާނެ ކަމަށެވެ.
ރާހާ އަކީ ބޮލީވުޑްގެ ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ދަރިފުޅެވެ. އޭނާގެ ނަމުގެ މާނައަކީ ހިންދީ ބަހުން "ސުލްހަ" އެވެ. ރާހާ އަކީ ނީތޫ ކަޕޫރާއި ރިޝީ ކަޕޫރުގެ ފުރަތަމަ ކާފަދަރިފުޅުގެ އިތުރުން ކްރިޝްނާ ކަޕޫރުގެ ފުރަތަމަ ކާފަދަރިފުޅެވެ.
ރަހާގެ މައިންބަފައިންނަކީ ވެސް ބޮލީވުޑްގައި ވަރަށް ކާމިޔާބު އެކްޓަރުންނެވެ. އިންޑިއާގެ އެންމެ މަގުބޫލު އެއް އެކްޓަރަކީ ރަންބީރު ކަޕޫރެވެ. އާލިއާ ބަޓް އަކީ މި އިންޑަސްޓްރީގެ އެންމެ އުއްމީދީ ޒުވާން ބަތަލާތަކުގެ ތެރޭގައި ހިމެނޭ އެއް އެކްޓަރެވެ.
ރަހާގެ އުމުރުން ހަ މަސް ފުރިގެން ގޮސްފައިވާއިރުވެސް އެ ކުއްޖާގެ ފޮޓޯއެއް އަދިވެސް ހާމައެއް ނުކުރެއެވެ.