ads
އޮސްކާ ސޮލިސް ޖޫނިއާ
ކާއެއްޗެހީގެ ޑެލިވަރީ ލަސްވެގެން ޑެލިވަރީ ބޯއީ ކާލައިފި
ކާއެއްޗެހި ޑެލިވާ ކުރަން ލަސްވެެގެން ޑެލިވަރީ ބޯއީ މަރާލައި އެނާގެ މޫނު ކައިލި މީހަކު އެމެރިކާގެ ފްލޮރިޑާއިން ހައްޔަރުކޮށްފިއެވެ.

އޮސްކާ ސޮލިސް ޖޫނިއާގެ މައްޗަށް ތުހުމަތު ކުރެވެނީ އުބާ އީޓްސްގެ ޑްރައިވަރެއް ކަމަށްވާ ރެންޑަލް ކޫކް މަރާލި އޭނާގެ މޫނު ކައިލި ކަމުގެ ތުހުމަތެވެ.

ކޫކް މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ކާރުން ފެބްރު އަރީ 24، 2022 ގައި ކަމަށާއި އޭނާ އަށް ވަޅިން ހަމަލާދީ އެތައް ފަހަރަކު ވަޅި ހަރާފައިވާއިރު އޭނާގެ ހަށިގަނޑު ފާހަގަކުރެވިފައެވެ. 

ސޮލިސް ހައްޔަރުކޮށްފައި ވަނީ 2022 ވަނަ އަހަރުގެ މާޗް މަހުގެ 8 ވަނަ ދުވަހު ކަމަށާއި އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ފޭރުމުގެ ތެރޭގައި ކޫކް މަރާލި ކަމުގެ ދައުވާއެވެ. 

ސޮލިސް ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. އަދި އެނާ ބުނެފައިވަނީ އޭނާ ޑެލިވަރީ ބޯއީ ކައިލީ ކާއެއްޗެހި ޑެލިވާ ކުރަން ލަސްވުމުން ކަމަށެވެ. އޭނާގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

ސޮލިސްގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ މަރުގެ އަދަބު ވެސް ލިބިދާނެ އެވެ.

24%
ކަމުގޮސްފި
48%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް