
ހަވާ އެރުވުން
ބޮޑު އިވެންޓެއްގައި މިރޭ ބޮޑުކޮށް ހަވާ އަރުވަނީ
25 މޭ 2023 - 09:47:31
ހަވާ އެރުވުމާއެކު މުނިފޫހި ފިލުވުމުގެ ބޮޑު އިވެންޓެއް މިރޭ ހުޅުމާލޭގައި ބޭއްވުމަށް ނިންމައިފި އެވެ.
"ފުރަވީރުން" ނަމުގައި ބާއްވާ މި އިވެންޓްގައި ހަވާ އެރުވުމުގެ އިތުރުން އެތައް އައިޓަމެއް ފެނިގެންދާނެކަމަށް އެ ހަރަކާތުން ބުނެއެވެ.
ފުރަވީރުން ފޭސްބުކް ޕޭޖްގައި ބުނެފައިވަގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކްގައި، މި ހަރަކާތް ފެށިގެންދާނީ މިރޭ 21:00 ގައެވެ.
އިވެންޓްގައި ސައިކަލު ބުރާއި އަލިފާނުގެ ކުޅިވަރުތައް އަދި ފްރީ ސްޓައިލް ހަރަކާތްތައް ކުރިއަށް ގެންދާނެކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން ބޮޑުބެރާއި އެހެނިގެން ގިނަ ހަރަކާތްތަކެއްވެސް މިރޭގެ އިވެންޓްގައި ފެނިގެންދާނެކަމަށް ފުރަވީރުން ބުނެއެވެ.
50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް