
މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން 35 އަހަރުގެ އުޕަދްޔާޔާ މަރުވީ ގެއަށް ކާރު ދުއްވާފައި ދަނިކޮށް އޭނާގެ ކާރު ޓްރަކަކާ ޖެހިއްޖެ އެވެ.
ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.
އުޕަދްޔާޔާގެ މަރުގެ ސަބަބުން އިންޑިއާގެ ޓީވީ އިންޑަސްޓްރީއަށް ވަނީ ޝޮކެއްގެ ތެރެއަށް ވެއްޓިފައެވެ. މަޝްހޫރު އަދި އިހުތިރާމް ލިބިގެންވާ އެކްޓަރެއް ކަމަށާއި، އޭނާ ގެއްލުމަކީ އިންޑަސްޓްރީއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ.
އުޕަދްޔާގެ އާއިލާއާއި އެކުވެރިން މިވަގުތު ތިބީ ވަރަށް ބޮޑި ހިތާމައެއްގައެވެ.
އަނެއްކޮޅު އުމުރުން 51 އަހަރުގައި ނިތޭޝް މަރުވެފައިވަނީ ޝޫޓިން އެއްގައި ހަރަކާތްތެރިވަމުން ދަނިކޮށް ހާޓް އެޓޭކެއް ޖެހިގެންނެވެ. އޭނާވެސް ހޮސްޕިޓަލަށް ގެންދިޔައިރު ވަނީ މަރުވެފައެވެ.
އެންމެ ފަހުން ނިތޭޝް ފެނިފައިވަނީ ސްޓާ ޕްލަސްގެ "އަނޫޕަމާ"އިން ނެވެ.