ads
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް ވީއައިއޭގައި: ފެބްރުއަރީ މަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 91.8 މިލިއަން ރުފިޔާ ވަނީ ލިބިފައި - ފޮޓޯ:އަވަސް
ޓޫރިޒަމްގެ އާ މާސްޓާ ޕްލޭންގެ އަމާޒަކީ އަހަރަކު 6 ބިލިޔަން ޑޮލަރު ހޯދުން
ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް އަމާޒުކޮށް އަހަރަކު 6 ބިލިޔަން ޑޮލަރު ހޯދުމުގެ ލަނޑުދަނޑިއާއެކު ފަސް އަހަރުގެ ފަތުރުވެރިކަމުގެ މާސްޓާ ޕްލޭން އިފްތިތާހުކޮށްފިއެވެ.

2023-2027 އަށް މިނިސްޓްރީ އޮފް ޓޫރިޒަމުން އެކުލަވާލާފައިވާ ސްޓްރެޓްޖިކް ޕްލޭންނަކީ ދެމެހެއްޓެނިވި ގޮތުގައި ފަތުރުވެރިކަން ތަރއްގީ ކުރުމަށް އެކުލަވާލެވުނު ޕްލޭނެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އޭޑީބީ ގެ ހިލޭ އެހީގެ ދަށުން އެކުލަވާލެވުނު މާސްޓާ ޕްލޭން އިފްތިތާހު ކޮށްދެއްވީ މިއަދު ގައުމީ ޔުނިވަސިޓީގައި ބޭއްވި ހަފްލާއެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ. 

އަހަރަކު ހަ ބިލިޔަން ޑޮލަރު ހޯދުމަށްޓަކައި އަމާޒުތަކެއް ކަނޑައަޅާފައިވއެވެ. އެގޮތުން އިންވެސްޓްމަންޓް އިތުރުކޮށް، ޓޫރިސްޓް އެނދުތައް އުތުރާއި ދެކުނުގައި ގިނަކުރުން ހިމެނެއެވެ. 

އަދި އޮކިއުޕަންސީ ރޭޓް އިތުރު ކުރުމަށް ސަމާލުކަން ދިނުމާއި، އަދި އޯފް ސީޒަންގައި ޓޫރިސްޓުން އަންނަވަރު އިތުރު ކުރުމަށް މަސައްކަތް ކުރުން ހިމެނެއެވެ.

އިންޓަނޭޝަނަލް ފްލައިޓްތަކުގެ އަދަދު 25-40 އިންސައްތަ އިތުރުކުރުމާއި، އެތެރޭގެ އުދުހުންތައް 50-60 އިންސައްތަ އިތުރު ކުރުންވެސް ހިމެއެވެއެވެ. 

މި މާސްޓާ ޕްލޭން ގައި މުހިއްމު 15 އަމާޒެއް ވާއިރު އޭގެތެރޭގައި ރާއްޖޭގެ އަތޮޅުތަކުގެ މީހުންނަށް ލިބޭ މަންފާ އިތުރު ކުރުމަށް އަމާޒުކޮށްފައިވާނެ ކަމަށް މިނިސްޓރީން ބުނއެވެ.

މިނިސްޓްރީން ބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ތަފާތު އަދި އާ އުފެއްދުންތަކާއި ތަޖުރިބާތައް ފަތުރުވެރިކަމުގެ ދާއިރާއަށް ތައާރަފްކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވެ ރާއްޖޭގެ ގުދުރަތީ ހަޒާނާތްތައް ހިމާޔަތްކުރުމަށް މަސައްކަތްކުރުން ވެސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ އޭޑީބީގެ އެހީއާއެކު އެ މާސްޓާޕްލޭންގައި ޖުމްލަ 10 ކޮންސަލްޓަންޓުން މަސައްކަތްކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން އަށް ކޮންސަލްޓަންޓުން އައްޔަންކުރެވިފައިވަނީ ލޯކަލް ކޮންސަލްޓެންސީގެ އުސޫލުން ކަމަށެވެ. އަދި ލީޑް އާއި މާކެޓިން އެންމެ ޕްރޮޑަކްޓް ޑިވެލޮޕްމަންޓް ކޮންސަލްޓަންޓް އައްޔަންކުރެވިފައިވަނީ އިންޓަނޭޝަނަލް ކޮންސަލްޓެންސީގެ އުސޫލުން ކަމަށް ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް