ads
ކައިވެނި ނުކުރަން ވެގެން ދުވި ފިރިހެން މީހާ ކައިވެނީގެ ހަފްލާގައި
ަކައިވެނި ނުކުރަން 20 ކިލޯމީޓަރު ދުވި ފިރިހެނަކު، ގަދަކަމުން ގެނެސް ކައިވެނިކުރުވައިފި
ކައިވެނި ނުކުރަން ވެގެން ފިލަން 20 ކިލޯމީޓަރު ދުވި އިންޑިއާ ފިރިހެނެއްގެ ފަހަތުން އޭނާ އިންނަން އުޅޭ އަންހެން މީހާ ގޮސް، ގަދަކަމުން ކައިވެނީގެ ހަފްލާއަށް އޭނާ ގެނެސް ކައިވެނި ކުރުވައިފިއެވެ.

ފިރިހެން މީހާ ކައިވެނި ކުރަން ދެކޮޅު ހެދީ "މެޔަށް ފިނިވެގެން" ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. 

ދެ އަހަރާއި ބައި ވަންދެން މި ދެމީހުން ވަނީ ރަށްޓެހިވެގެން އުޅެފައެވެ. ނަމަވެސް ކައިވެނި ކުރަން އޭނާ ކުއްލިއަކަށް ފަސް ޖެހުނީ ކައިވެނީގެ ހަފްލާގެ ކުޑަވަގުތުކޮޅެއް ކުރިންނެވެ. 

އޭނާ ހޯދަން ކައިވެނި ކުރަން އުޅުނު އަންހެން މީހާ ކުރި މަސައްކަތުން އޭނާ ފެނުނީ އޭނާ ދިރިއުޅޭ ސަރަަހައްދުން އުއްތަރަ ޕްރެދޭޝްގެ މާދުރު ހިސާބަކުންނެވެ.  

އޭނާ އަލުން ކައިވެނިކުރަން ގެންދިޔައީ ގަދަކަމުންނެވެ. ނަމަވެސް އޭނާ ކައިވެނިކުރަން އެއްބަސް ކުރެވުނީ ދެ ގަޑީރު ވަންދެން އޭނާއާއި ވާހަކަ ދައްކައިގެންނެވެ.

 

69%
ކަމުގޮސްފި
23%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް