މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި ކުރިޔަށްގެންދިޔަ ރަސްމިއްޔާތެއްގައި ފުވައްމުލަކު ސިޓީ ސްކޭޓް ޕާކް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މިނިސްޓަރ އަހްމަދު ފުއާދު އެވެ. ޝީހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިބްރާހިމް އަލީ ދީދީއެވެ.
ފުވައްމުލަކު ސިޓީ ސްކޭޓް ޕާކް ތަރައްޤީކުރުމަށް ޝީހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކުރީ 1،826،967.83 ރުފިޔާ އަށެވެ.
މި މަސައްކަތް ޝީހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކުރީ މަސައްކަތް ފަށާތާ 150 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭގޮތަށެވެ.