ކާވާ ވިމެންސް ޗެލެންޖް ކަޕުގައި ދިވެހި ޓީމު މިއަދު ބަލިވީ ކިރިގިސްތާނު އަތުންނެވެ. މި މެޗަކީ ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ފަހު ކުޅޭ ރޭންކިން މެޗުތަކުގެ ތެރެއިން މެޗެކެވެ. މިއަދުގެ މެޗުންވެސް ދިވެހި ޓީމު ބަލިވީ ސީދާ ތިން ސެޓުންނެވެ.
ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް ބަލިވީ ހަމަ ސީދާ ތިން ސެޓުންނެވެ. މާނައަކީ ހަތަރު މެޗު ކުޅުނު އިރު ދިވެހި ޓީމަށް އަދި އެންމެ ސެޓެއްވެސް ނުލިބެއެވެ.
ކިރްގިސްތާނުން މިއަދުގެ މެޗުގެ ސެޓުތައް ގެންދިޔައީ 25-20، 25-20 އަދި 25-15 އިންނެވެ.
ރޭންކިންގައި ރާއްޖޭން ކުޅޭން ޖެހޭ ފަހު މެޗުގައި ކުޅޭނީ ބަންގަލަދޭޝްއާއެވެ. އެއީ މުބާރާތުގެ ހަތް ވަނަ އާއި އެންމެ ފުލަށްދާ ޓީމެއް ކަނޑައަޅާ މެޗެވެ. މި މެޗު ކުޅޭނީ ހޮނިހިރު ދުވަހުއެވެ.