ads
ރައީސް މައުމޫން އަދި ރައީސް ސޯލިހު
އިސްލާހީ ފިކުރެއް ނައްތައެއް ނުލެވޭނެ: ރައީސް މައުމޫން
އިސްލާހީ ފިކުރު ނައްތާ ނުލެވޭނެކަމަށް ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ކުރެއްވި ޓްވިޓެއްގައި އިސްލާހީ ފިކުރެއް ނައްތާނުލެވޭނެ ކަމަށް ވިދާޅުވެފައި ވާއިރު، ރައީސް މައުމޫންގެ ޕާޓީ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ވަނީ އުވާލަން ނިންމާ ސިޔާސީ ހަރަކާތް ހިންގުން މަނާކޮށްފައެވެ.

އެޕާޓީގެ ޒައީމް މަގާމުގައި ވެސް ހުންނެވި މައުމޫން އިއްޔެވެސް ވަނީ އެމްއާރުއެމް އުވާލަން ނިންމާފައިވާ ނިންމުމަކީ ގާނޫނަ ހިލާފު ކޮރަޕްޓް ނިންމުމެއްކަމަށެވެ. 

ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވެގެން ދެ ވަނަ ނޯޓިސްއެއް ދިނުމަށް ފަހު  އެމްއާރުއެމް އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ވަނީ ނިންމާފައެވެ. އިލެކްޝަންސްއިން ހާމަކުރި މައުލޫމާތުގައިވާގޮތުން ފެބުރުއަރީއާ ހަމައަށް އެޕާޓީގެ މެމްބަރުންގެ އަދަދަކީ 2،981 އެވެ. މަދުވަނީ 21 މެންބަރުންނެވެ. 

އެމްއާރުއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން މުރާޖައާކޮށްދިމަށް އެދޭކަމަށާއި އެ ނިންމުން ބަދަލު ނުކޮށްފިނަމަ އެކަމުގައި ކޯޓަށް ވަޑައިގެންނެވުމަކީވެސް އޮތް ފުރުސަތެއްކަމަށް އެޕާޓީގެ ރައީސް އަހުމަދު ފާރިޝް މައުމޫނު ވެސް އިއްޔެ ވިދާޅުވިއެވެ.

ފާރިޝް ވިދާޅުވީ އެޕާޓީން މެމްބަރުން ވަކިކުރަމުން ގެންދާގޮތް ބަލަން ޖެހޭކަމަށާއި އެކަމުގައި ކަން ހިނގާފައިވާ ގޮތް އީސީގެ ރައީސް ފުއާދު ތައުފީގު ބެއްލެވުމަށް ވެސް އެދޭކަމަށެވެ.

އީސީގެ ތެރެއަށް ކޮންމެ ވެސް ބައެއްގެ ސިޔާސީ ނުފޫޒު ވަދެފައިވާކަން ގަބޫލު ކުރެއްވޭ މޭރުމަކުން ވާހަކަ ފައްދަވަމުން ފާރިޝް ވިދާޅުވީ އެޕާޓީއަށް މެމްބަރުން ވައްދާގޮތާއި ފޯމްތައް ހުށަހަޅާގޮތާއި އަދި ޕްރޮސެސް ކުރާގޮތުގެ އިތުރުން ޕާޓީން މެމްބަރުން ވަކިކުރަމުން ގެންދާ ގޮތް ބަލަން ބޭނުންވާ ކަމަށެވެ. 

އަނެއްކޮޅިުން މިމައްސަލާގައި ސަރުކާރަށް ރައްދުވާގޮތަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ގެންދާތީ ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވަނީ އެމްއާރުއެމް އުވާލުމުގައި ސަރުކާރުގެ އެއްވެސް ނުފޫޒެއް އިލެކްޝަންސް ކޮމިޝްނަށް ފޯރުވާފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް