
ސަލްމާން ހާން މަރާލުމަށް އިންޑިއާގެ ބާރުގަދަ ގުންޑާއަކާ އޭނާގެ ގޭންގުން ވަނީ ރާވާފައެވެ. މިހެންކަމުން ހައި ސެކިއިރިޓީގައި ދާންޖެހޭއިރު ސަލްމާން ހާންއަށް މީގެ ކުރިން އޭނާގެ ފޭނުންނާ ދިމާކޮށް ވާހަކަދައްކައި ސަލާންކޮށްލުމުގެ ފުރުސަތެއް މިހާރު ނޯވެއެވެ.
ނަމަވެސް މިއަދު މިވަނީ ތަފާތު މަންޒަރެއް ފެނިފައެވެ. މިއަދު އާންމުވި ވީޑިއޯއަކުން އައިއެފްއޭ އެވޯޑްސް އަށް ޔާސް އައިލެންޑަށް ދިޔަ މަގުމަތީގައި ސަލްމާން ހާން ހައި ސެކިއުރިޓީގައި އެތައް ބައިވަރު ބޮޑީގާޑުންނާއެކު ދަމުން ކުއްލިއަކަށް މަޑުކޮށްލައެވެ. މިއާއެކު ސަލްމާން ހާންގެ ސެކިއުރިޓީން ވެސް ސަމާލުކަމަށް އާދެއެވެ.
ދެން ފެނުނީ ވަރަށް ވެސް އުފާވެރި މަންޒަރެކެވެ. ސަލްމާން ހާން ދެކިލަން އައިސް ހުރި ކުޑަ ކުއްޖަކާ ސަލްމާން ހާން ބައްދާލައި ވާހަކަދައްކާ ހަދަން މަޑުކޮށްލި މަންޒަރެވެ.
ސަލްމާންގެ މި އޯގާތެރިކަމުގެ އަމަލުގެ ސަބަބުން އެތައް ބައިވަރުބައެއްގެ ހިތައް ވަނީ އަސަރުކޮށް އެ ވާހަކަ ދައްކާފައެވެ.
މިއީ ސަލްމާން އޭނާގެ ސަޕޯޓަރުންނަށް އޯގާތެރިކަން ދެއްކި ފުރަތަމަ ފަހަރެއް ނޫނެވެ. އޭނާ އަކީ އަބަދުވެސް އެކުވެރި އަދި ގާތްކުރެވޭ މަޝްހޫރު ފަރާތެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މީހެކެވެ. އޭނާ ގިނަ ފަހަރަށް ވަގުތު ނަގައިގެން ސަޕޯޓަރުންނާ ބައްދަލުކޮށް ސަލާމް ކުރާ މީހެކެވެ. ބިޒީ ވަގުތުތަކުގައި ވެސް ފޭނުންނާ އޭނާ ބައްދަލުކޮށް ވާހަަކަ ދައްކައިހަދައެވެ.