ads
ހީނާ ހާން
އެއާޕޯޓުގައި "ކިސްކޮށް" ވީޑިއޯ އާންމުކޮށްގެން ހީނާ ހޫނު ފެނަށް
އެއާޕޯޓުގައި ކިސްކޮށް އެ ވީޑިއޯ އާންމުކުރުމުން އިންޑިއާގެ މަޝްހޫރު ތަރި ހީނާ ހާން އަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެއްޖެއެވެ.

ހިނާ ޚާން އާއި ރޮކީ ޖައިސްވާލް ދާދި ފަހުން އެއާޕޯޓުން ފެނިފައިވާއިރު، އެ ދެމީހުން "ކިސްއެއް ކުރާ" މަންޒަރު ވަނީ އެމީހުން އާންމުކުރި ވީޑިއޯއިން ފެނިފައެވެ. އެދެމީހުންގެ ބޮސްދިން ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާއިރު އެ ވީޑިއޯއަށް ވަނީ ތަފާތު ރިއެކްޝަންތަކެއް ލިބިފައެވެ.

ވީޑިއޯއަށް ކޮމެންޓު ކުރި މީހަކު ބުނެފައިވަނީ "އަހަރެން ނުދެކެން އެމީހުން އާންމުތަންތަނުގައި އެގޮތަށް ބޮސްދިނުމަކީ އެކަށީގެންވާ ކަމެއް ކަމަކަށް،" ކަމަށެވެ.

ބައެއް ސަޕޯޓަރުން ހިނާ އާއި ރޮކީ އަށް ތައުރީފު ކުރާއިރު، އަނެއް ބަޔަކު ވަނީ އެމީހުންގެ ލޯތްބާއި އެކު މާ އާންމުކޮށް ދައްކާ ކަމަށް ބުނެ ފާޑުކިޔާފަ އެވެ. ބައެއް މީހުން ހިނާއަށް "ބެގައިރާތު" ("ލަދުވެތި") ފަދަ ނަންތައް ވެސް ކިޔާފައިވެ އެވެ.

"މިއީ ވަރަށް ލަދުކުޑަ އަންހެނެއް. ކަން ދެއްކެން އުޅޭ އަންހެނެއް،" ކޮމެންޓު ކުރި މީހަކުބުންޏެވެ.

ހިނާ އާއި ރޮކީ ރައްޓެހިވެގެން އުޅޭތާ މިހާރު ދެތިން އަހަރު ވެފައިވާއިރު އެދެމީހުންނަކީ ވަރަށް ބޮޑަށް ލޯބިވާ ދެމީހުންނެވެ. އެއީ އާންމުންގެ ރުހުން ނުލިބޭނެ ކަމެއްކަން އެނގިހުރެވެސް އާންމުކޮށް އެކަކު އަނެކަކަށް ކުރާ ލޯބި ދެއްކުމުން ދުރުވެފައެއް ނުވެއެވެ.

ހިނާ އާއި ރޮކީ ވަނީ ނެގެޓިވް ކޮމެންޓްތަކަށް އަޅާނުލުން އިހްތިޔާރުކޮށްފައެވެ. ވަރަށް އުފާވެރި ދެމަފިރިއަކަށް ވުމުން ލޯބި ފާޅުކުރާނެ ގޮތެއް އެއްވެސް މީހަކު ބުނެދޭން ދޫކޮށްލަން އެ ދެމަފިރިން ބޭނުންނުވާކަހަލައެވެ. 

ހިނާ ވަނީ މިދިޔަ މާރިޗު މަހު އުމްރާއަކަށް ވެސް ގޮސްފައެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް