
ދިވެހި ޒުވާން ޓީމެއް ކުރީގެ މުބާރާތެއްގައި
ކޮލިފައިންގައި ޒުވާން ޓީމު ވަރުގަދަ ގްރޫޕަކަށް
ސްޕޯޓްސް ޓީމް
25 މޭ 2023 - 23:06:51
އޭޝިއަން ކަޕް ކޮލިފައިންގައި ދިވެހި 23 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމު ވަރުގަދަ ގްރޫޕެއްގައި ލައްވާލައިފިއެވެ.
އަންނަ އަހަރު އޮންނަ 23 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިންގައި ރާއްޖެ ލައްވާލާފައިވަނީ ގަދަފަދަ ޗައިނާއާ، ޔޫއޭއީ އަދި އިންޑިއާއާއެކު ގްރޫޕު ޖީ ގައެވެ. މި ގްރޫޕުގެ މެޗުތައް ކުޅޭނީ ޗައިނާގައެވެ.
އަންނަ އަހަރު އޭޝިއަން ކަޕް 23 އަހަރުން ދަށުގެ މުބާރާތް އޮންނާނީ ގަތަރުގައެވެ. މި މުބާރާތުގެ ކޮލިފައިންއާ އަންނަ އަހަރު ފްރާންސްގައި އޮންނަ އޮލިމްޕިކްސްގެ ކޮލިފައިންގެ އޭޝިއާ ބައި ދާނީ އެއް ކޮލިފައިން މުބާރާގުގެ ގޮތުގައެވެ.
ކޮލިފައިންގައި ރާއްޖޭން ކުޅެން ޖެހޭ މެޗުތައް
ފުރަތަމަ މެޗު: ރާއްޖެ - އިންޑިޔާ 6 ސެޕްޓެމްބަރު 2023
ދެވަނަ މެޗު: ރާއްޖެ - ޔޫއޭއީ 9 ސެޕްޓެމްބަރު 2023
ތިންވަނަ މެޗު: ރާއްޖެ - ޗައިނާ 12 ސެޕްޓެމްބަރު 2023
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް