
ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީގައި ރޭ ބޭއްވި ދަސްވެނިވުމުގެ ޙަފުލާގައި ދެއްކެވި ވާހަކަފުޅުގައެވެ.
އިސްލާމްދީނުގެ އެކި ކަންކަމަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވީ ރާއްޖޭގެ މިސްކިތް ތަކުގައި އިމާމުވެ ނަމާދު ކުރައްވާ މުދިމުންނަށް ޑިގްރީއާއި ހަމަޔަށް ކިޔަވައި ދިނުމަކީ ރިޔާސީ ވައުދެއް ކަމަށެވެ.
އަދި އެވައުދު ފުއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، 2020 ވަނަ އަހަރުން ފެށިގެން ކުރެވުނު މަސައްކަތުގެ ނަތީޖާ އެއްގެ ގޮތުން 77 އިމާމުންވަނީ ދަސްވެނިފައި ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މިފަދަ ތައުލީމުގެ ސަބަބުން އެތައް ފައިދާ އެއް ވާނެކަމަށާއި، ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުގެ އިތުރުން އަހުލާގީ ގޮތުން ވެސް ކިތަންމެ އިސްލާހީ ބަދަލިތަކެއް މުޖުތަމައު އަށް އަންނާނެ ކަމަށްވެސްް ރައީސް ވިދާޅުވިއެވެ.
އިތުރަތަށް ރައީސް ވިދާޅުވީ މި ފަދަ ތައުލީމުގެ ސަބަބުން ދީނުގެ ނަމުގައި ހިންގާ ހަރުކަށި އަމަލުތައް މަދުވެގެންދާނެ ކަމަށެވެ.