
ރައިސް ސޯލިހުގެ އެއްބަޑު ތިން ކޮށްކޮ ކަމަށްވާ އަބްދުﷲ ޝާޒްލީ އާއި، ހުސެން ޝަޔާޒު އަދި މޫސާ މުހައްމަދު ސޯލިހު ވަނީ ކުއްލިއްޔާ އޮފް އިސްލާމިކް ޔިނިވަސިޓީން ހިންގި އިމާމު ކޯހުން ޑިގްރީ ހާސިލް ކޮށްފައެވެ.
އިސްލާމީ ޔުނިވަރސިޓީގެ ރޭ ބެއްވި ދަސްވެނިވުމުގެ ހަފުލާގެ ރަސްމިއްޔާތުގައި، އެއްބަނޑު ތިން ބެއިން ދަސްވެނިވުމާއި ގުޅިގެން އެމަނިކުފާނުގެ އަތްޕުޅުން ވަނީ ސެޓްފިކެޓްވެސް ވަނީ ހަވާލު ކޮށް ދެއްވާފައެވެ.
އިމާމު ކަމުގެ ޑިގްރީ 78 މިހަކު ފުރިހަމަ ކޮށްފައި ވުމަކީ ލިބިގެނދާ ވަރަށްބޮޑު އުފަލެއް ކަމަށާއި، އަދި އިތުރު އުފަލެއް އެޖަލްސާގައި ލިބިގެންގޮސްފައިވާ ކަމަށްވެސް ރައީސް ވިދާޅުވި.
ރައީސް ވިދާޅުވީ އެންމެ ބޮޑު އުއްމީދަކީ ގިނަ ޒުވާނުންތަކެއް ތައުލީމު ހޯދައިގެން ދިވެހި ގައުމަށް މަސައްކަތް ކުރުން ކަމަށާއި، އެ ފުރުސަތު ބޭނުންވާ ޒުވާނުންނަށް ލިބިގެންދާނެ ކަމަށެވެ. އަދި އިސްލާމީ ޒަމާނީ ތައުލީމު ފޯރު ކޮށްދިމުގަ ކުއްލިއަޔާއިން ކުރަމުންދާ މަސައްކަތަށް ރައިސް ވަނީ ތައުރީފް ކުރައްވާފައެވެ.