ads
ގައުމީ ބެޑްމިންޓަން މުބާރާތް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
ގައުމީ ބެޑްމިންޓަން މުބާރާތް އަންނަ މަހު
ގައުމީ ބެޑްމިންޓަން މުބާރާތް އަންނަ މަހު ބާއްވަން ނިންމައިފިއެވެ.

އަންނަ މަހު 20ން 27 އަށް ބާއްވާ ގައުމީ ބެޑްމިންޓަން މުބާރާތަކީ 49 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތެވެ. މުބާރާތް އޮންނާނީ މާލެ ކުޅިވަރު ބެޑްމިންޓަން އިންޑޯ ހޯލްގައެވެ. ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ މުބާރާތުގެ ބައިވެރިވުމަށް އެދޭ ފޯމާ މުބާރާތުގެ ގަވައިދު މިހާރު އާއްމުކޮށްފައެވެ.

49 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމުގެ ސުން ގަޑިއަކީ އަންނަ މަހުގެ 11 ވަނަ ދުވަހެވެ.

މުބާރާތުގައި އެއްވަނަ އަދި ދެވަނަ ޑިވިޝަންގެ އޯޕަން ސިންގަލްސް އަންހެން ފިރިހެން، އޯޕަން ޑަބަލްސް އަންހެން އަދި ފިރިހެން، އޯޕަން މިކްސް ޑަބަލްސް އަދި މިކްސް ޓީމް އިވެންޓްސް އޮންނާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް