ads
ފުލުހުން ފާސްކުރަމުން ގެންދާ ސަރަހައްދު
ނައީމާގެ މަރު: މަނަދޫ ގޮނޑުދޮށުން ފުލުހުން އެއްޗެއް ހޯދަނީ!
ނ. މަނަދޫގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވައި މިދިޔަ ރޯދަމަހު ފެނުނު އެރަށު އަންނާރުމާގޭ ނައީމާ މުސާގެ މަރުގެ މައްސަލައިގަ ދެމީހަކު ހައްޔަރު ކޮށްފައިވާއިރު، އެރަށުގެ ސަރަހައްދަކުން އެއްޗެއް ހޯދުމުގެ އޮޕަރޭޝަނެއް ފުލުހުން ކުރިއަށް އެބަ ގެންދެއެވެ.

އެރަށުން ވާހަކަދެއްކި ބައެއް މީހުން ބުނީ، ފުލުހުންގެ އިޕަރޭޝަން ކުރިއަށް ގެންދަނީ މަނަދޫގެ "ނާމަގު" ކިޔާ ސަރަހައްދަކާއި އެ ސަރަހައްދުގެ ގޮނޑުދޮށުގެ ހިސާބެއްގައި ކަމަށެވެ.

އެ ސަރައްހައްދު ވަރަށް ދުރުން ބަންދުކޮށްފައިވާއިރު، އަލި ކުރުމަށް ފުލުހުން ޖަނަރޭޓަރެއް ވެސް އެހިސާބުގައި ގެންގުޅެނުން ދާކަމަށާއި ނަމަވެސް މާބަޮޑު ތަފްސީލެއް ނުލިބޭކަމަށް އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނެއެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވީ މަރުގެ މައްސަލަ ތަހްގީގު ކުރުމުގެ ތަޖުތިބާކާރު، އިންސްޕެކްޓަރު މުހައްމަދު ސާމިހް އިސްކޮށް ހުރެ މާލެއިން ދިޔަ ޓީމަކާއި ނ. އަތޮޅުގެ ފުލުހުން، ގުޅިގެން ވަނީ ނައިމާގެ މަރުގެ ހަގީގަތް މިހާރު ހޯދާފައި ކަމަށެވެ.

ނައީމާ މޫސާ މަރާލި މައްސަލައިގެ ތަހްގީގަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފައި ކަމަށާއި، އެ މައްސަލައިގައި ތުހުމަތުކުރެވޭ ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ގެނެވިފައި އެބަތިބިކަމަށްވެސް ސިޕީ ވިދާޅުވިއެވެ.

މި މައްސަލަޔާއި ގުޅޭ ތަހްގީގަށް މުހިންމު ހެކިތަކެއް ހުރިކަމަށް ބެލެވޭ ތަންތަން ބަލާ ފާސް ކުރަމުންދާ ކަމަށްވެސް ސީޕީ ހަމީދު ވިދާޅުވިއެވެ. އެކަކުވަނީ ތަހުގީގުގައި ނައީމާ މަރާލިކަމަށް އެއްބަސްވެފައެވެ.

ނައީމާގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ކުށުގެ ވެށީގައި އުޅޭ އަދި މަސްތުވާ ތެކެތީގެ ރެކޯޑް އޮންނަ ދެ ދިވެހިންނެވެ.

ވޭޖު އުސޫލުން ކައުންސިލްގެ މަސައްކަތު މީހެއްގެ ގޮތުގައި އުޅުނު ނައީމާ ހޯދަން ފުލުހުން ނައީމާ އުޅޭ ގެއަށް ދިޔައީ އޭނަގެ ހަބަރެއް ނުވެގެން އާއިލާއިން އެނގުމުންނެވެ. އަންނާރުމާގޭގައި އެކަނި ދިރިއުޅޭ ނައީމާ އެގޭ ކޮޓަރިއެއް ތެރޭގައި މަރުވެފައި އޮއްވާ ފެނުނީ ފުލުހުން ދޮރުވައްޓާލާފައި ވަނުމުންނެވެ.

ނައީމާ ފެނުނިއިރު އޭނާގެ ހަށިގަނޑުގައި ބޮޑެތި ޒަހަމްތަކެއް ހުރިކަމަށް ވެއެވެ.

50%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް