ads
ނައީމާ މޫސާ ދިރިއުޅުނު ގެ ހުންނަ ސަރަހައްދު ބަންދުކޮށްފައި:
ނައީމާގެ މަރާ ގުޅޭ ހެކިތަކެއް ފުލުހުން ހޯދައިފި
ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި މިދިޔަ ރޯދަމަހު ފެނުނު އެ ރަށު އަންނާރުމާގޭ ނައީމާ މޫސާގެ މަރާލުމަށް ބޭނުންކުރި ކަމަށް ބެލެވޭ ތަކެތި ފޮރުވާފައިވާ ތަން ކޮނެ، އެތަކެތި ނަގާފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ހާމަކުރައްވައިފިއެވެ.
Advertisement

ޕޮލިސް ކޮމިޝަނަރު ވިދާޅުވީ ނައީމާ މޫސާ މަރާލުމަށް ބޭނުންކުރިކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރު އަދިި ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެން ތިބި އަންނައުނު، ވަޅުގަނޑެއް ކޮނެ އެތަކެތި އަޅާ، އަންދާލުމަށްފަހު ފަސްއަޅާ ފޮރުވާފައިވާ ތަން ކޮނެ، އެތަކެތި ނަގާފައިވާ ކަމަށެވެ.

މި މައްސަލަ އާ ގުޅޭގޮތުން ޕޮލިސް ކޮމިޝަނަރު މިއަދު ވިދާޅުވެފައިވަނީ ނައީމާ މޫސާ މަރާލި މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ދަނީ ލިބެމުން ކަމަށާއި މި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު އެބަތިބި ކަމަށެވެ. މައްސަލައިގެ ތަހުގީގަށް މުހިންމު ހެކިތަކެއް ހުރިކަމަށް ބެލެވޭ ތަނެއް ފުލުހުން ބަލާ ފާސްކުރަމުން ދާ ކަމަށް ވެސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވިއެވެ.

ޕޮލިސް ކޮމިޝަނަރު އިތުރަށް ވިދާޅުވި ގޮތުގައި ނައީމާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގެ ތަޖުރިބާކާރު، އިންސްޕެކްޓަރު މުހައްމަދު ސާމިހް އިސްކޮށް ހުރެ މާލޭން ދިޔަ ޓީމާއި ނ. އަތޮޅުގެ ފުލުހުން، މަރުގެ ހަގީގަތް ހޯދާ އިންސާފު ގާއިމުކުރުމަށް ކުރަމުންދާ ބުރަ މަސައްކަތް ފަހުރުވެރިކަމާ އެކު ފާހަގަކުރާ ކަމުގައެވެ.

މަނަދޫން "ސީއެންއެމް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ އޮޕަރޭޝަން ކުރިއަށް ގެންދަނީ އެރަށު "ނާމަގު" ކިޔާ ސަރަހައްދަކާއި އެ ސަރަހައްދުގެ ގޮނޑުދޮށުގެ ހިސާބެއްގައެވެ.

your imageފުލުހުންގެ އޮޕަރޭޝަން ކުރިއަށް ގެންދާ އެރަށު "ނާމަގު" ސަރަހައްދު

އެ ސަރަހައްދު ވަރަށް ދުރުން ބަންދުކޮށްފައިވާއިރު، އެ ސަރަހައްދަށް އަލި ކުރުމަށް ފުލުހުން ޖަނަރޭޓަރެއް ގެންގުޅެމުންދާ ކަމަށް އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން އެ ސަރަހައްދު ބަލައި ފާސްކުރަމުންދަނީ ނައީމާ މަރާލި މައްސަލައިގައި އިއުތިރާފުވި މީހާ ދިން މައުލޫމާތައް ބަލައެވެ.

ނައީމާގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ކުށުގެ ވެށީގައި އުޅޭ އަދި މަސްތުވާތަކެތީގެ ރެކޯޑް އޮންނަ އުމުރުން 20 އަހަރާއި 25 އަހަރުގެ ދެ ދިވެހިންނެވެ. އޭގެ ތެރެއިން އެކަކު ފުލުހުންގެ ތަހުގީގަށް އެއްބާރުލުންދީ ކޯޓުގައި ކުށަށް އިއުތިރާފުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އެކަނި ދިިރިއުޅެމުން އައި 62 އަހަރުގެ ނައީމާ މަރާލާފައި އޮއްވާ ފެނިފައި ވަނީ އޭނާ ދިރިއުޅެމުން އައި ގޭގެ ކޮޓަރި ތެރެއިން މިދިޔަ އެޕްރީލް މަހުގެ ހަތް ވަނަ ދުވަހު އިރުއޮއްސުނުތާ ކުޑައިރުކޮޅެއްގެ ފަހުންނެވެ. ނައީމާގެ މަރުގެ މައްސަލައިގައި ބަޔަކު ހައްޔަރު ކުރެވި، ތަހުގީގަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަން ފުލުހުން މިއަދު ހާމަކުރިއިރު، މިއަދަކީ ނައީމާ މަރާލާފައި އޮއްވާ ފެނުނުތާ 49 ވަނަ ދުވަހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް