މައުމޫނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސްއާ ބައްދަލުކުރައްވައި ގައުމުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
ނަމަވެސް މަޝްވަރާ ކުރެއްވި ކަންތައްތައް މައުމޫނު ވިދާޅެއް ނުވެ އެވެ.
ރާއްޖެއިން ކޮރޯނާ ވައިރަހުގެ އަށް ކޭސް ފެނިފައިވައިރު މައުމޫން ވަނީ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރަން ގޮވާލައްވާފަ އެވެ.
އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބެއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބުގައި ފަސް ކުރުމަށް ބައެއް މީހުން ގޮވާލި ނަމަވެސް އަދި އެކަމާ ގުޅޭގޮތުން ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.