ads
މޯލްޑިވްސް ފައިނޭންސް ފޯރަމް 2023 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ވަނީ ސޮއިކޮށްފައި - ފޮޓޯ:ދިރާގު
މޯލްޑިވްސް ފައިނޭންސް ފޯރަމްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
މޯލްޑިވްސް ފައިނޭންސް ފޯރަމް 2023 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) އިން ސޮއިކޮށްފިއެވެ.
Advertisement

މިއީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވާ އިވެންޓެއް ކަމަށް ދިރާގުން ބުނެއެވެ. ދިރާގުން ބުނެފައިވަނީ މި އަހަރުގެ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު ކުރުނބާ މޯލްޑިވްސްގައި ކަމަށެވެ.

މި ފޯރަމްގެ މައިގަނޑު މަގުސަދަކީ މާލީ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ރާއްޖޭގެ މާލީ ދާއިރާ އާ ގުޅުންހުރި އެންމެ ފަހުގެ ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށް މައުލުމާތު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ދިރާގުން ބުނެއެވެ. ދިރާގުން ބުނީ މޯލްޑިވްސް ފައިނޭންސް ފޯރަމްއަކީ ރާއްޖޭގެ މާލީ ދާއިރާގެ އިސްފަރާތްތަކާއި އެކި ތަޖުރިބާކާރުން އެއްތަނަކަށް އެއްކޮށް، ރާއްޖޭގައި ބާއްވާ އެންމެ ގިނަ ދުވަސްވީ ފޯރަމް ކަމަށެވެ. 

މި އަހަރުގެ ފޯރަމްގެ ޝިއާރަކީ "ދަ ފިއުޗާ އޮފް ފައިނޭންސް: އެކްސްޕްލޯރިން ދަ އިންޓަސެކްޝަން އޮފް ފިންޓެކް އެންޑް އޭއައި" ކަމަށް ދިރާގުން ބުނެއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި ފޯރަމްގައި ދިވެހި އަދި ބައިނަލްއަގްވާމީ ސްޕީކަރުން ބައިވެރިވެ، ފައިނޭންސްގެ މުސްތަގުބަލުގައި ފިންޓެކް އާއި އޭއައިގެ ދައުރާއި ރާއްޖޭގެ ފައިނޭންސް ދާއިރާގައި އެ ޓެކްނޮލޮޖީތަކުގެ ދައުރަށް އަލިއަޅުވާލާނެ ކަމުގައެވެ. 

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ އަސާސީ ދާއިރާތަކާއި ހިދުމަތްތައް އިތުރަށް ކުރިއެރުވުމަށް އެހީތެރިވެދޭނެ މިފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ، ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް މުއްސަނދިކޮށް ފުރިހަމަކުރުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް