ހާލަންޑް ޕްރިމިއަ ލީގުގެ އަލަތު ސީޒަންގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދިއިރު އޭނާވަނީ ސިޓީއަށް ލީގު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.
Pރެމިޗެމްޕިއަންސް ލީގުގެ ފައިނަލާ އެފްއޭ ކަޕުގެ ފައިނަލަށްވެސް ސިޓީ ގޮސްފައިވާއިރު މި މުބާރާތުގެ ފައިނަލަށް ދިޔުމަށްވެސް ހާލަންޑްގެ ހިއްސާ ސިޓީއަށް ބޮޑެވެ.
އުމުރުން 21 އަހަރުގެ ހާލަންޑްވަނީ ސީޒަންގައި ޖުމްލަ 44 ލަނޑު މިހާތަނަށް ޖަހާފައެވެ. އޭގެ ތެރެއިން 36 ލަނޑަކީ ލީގުގައި އޭނާ ޖެހި ލަނޑުތަކެވެ.
ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާލަންޑް ހޯދިއިރު، ފުޓްބޯލް ރައިޓާސް އެސޯސިއޭޝަނުން ހޮވި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވަނީ ހާލަންޑުއެވެ.