ads
މެސީ
ފަރުދާގެ ފުރަގަހުގައި އޮތް ކޯޅުމާއެކުވެސް ޕީއެސްޖީ ރެކޯޑެއް
ކްލަބުގެ އެތެރޭގައި ބޮޑު ނުތަނަވަސް ކަމަކާ، ފަރުދާގެ ފުރަގަހުގައި ހިނގަމުންދިޔަ ކޯޅުންތަކާއެކުގެސް، ފްރާންސްގެ ޗެމްޕިއަންކަން ޕީއެސްޖީން ހޯދައި، 11 ވަނަ ފަހަރަށް ފްރެންޗު ލީގު ކާމިޔާބުކޮށްފިއެވެ.

ރޭ ޕީއެސްޖީންވަނީ ސްޓްރާސްބޯއާ 1-1 އިން އެއްވަރުކޮށް، ލީގު ހޯދައި، ތާރީހުގައި އެންމެ ކާމިޔާބު ޓީމުގެ ރެކޯޑް ހަދާފައެވެ. އަނެއްކޮޅުން، ރޭގެ މެޗުގައި ޖެހި ލަނޑާއެކު މެސީވަނީ ޔޫރަޕުގެ އެންމެ ވަރުގަދަ ފަސް ލީގުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ހަދާފައެވެ.

 

މި ފަހަރުގެ ލީގާއެކު ޕީއެސްޖީއަށް 11 ވަނަ ފަހަރު ލީގު ލިބުނު އިރު، ފްރެންޗް ލީގުގެ ތާރީހުގައި މީގެ ކުރިން އެންމެ ގިނައިން ލީގު ހޯދާފައިވަނީ 10 ފަހަރު ހޯދި ސެއިން އެޓިއެން އާއި މާސޭއެވެ.

ސްޓްރާސްބޯ ކޮޅަށް ރޭ މެސީ ޖެހި ލަނޑަކީ، ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގައި މެސީ ޖެހި 496 ވަނަ ގޯލެވެ. 495 ލަނޑާއެކު މީގެ ކުރިން މި ރެކޯޑް އޮތީ ކްރިސްޓިއާނޯ ރޮނާލްޑޯ އަތުގައެވެ. އެކަމަކު މެސީ މިހާރު އެއް ގޯލު އިތުރުވީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް