ads
ރަންބީރު ކަޕޫރު އަދި އާލިއާ ބަޓް:
އައިއެފްއޭ އެވޯޑްސް: އެންމެ މޮޅު ބަތަލާއަކަށް އާލިއާ ބަޓް، އެކްޓަރަކަށް ރަންބީރު
ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބޫދާބީގެ ޔާސް އައިލެންޑް އިއްތިހާދު އެރީނާގައި 2023 ވަނަ އަހަރުގެ އިންޓަނޭޝަނަލް އިންޑިއަން ފިލްމް އެކެޑެމީ އެވޯޑްސް (އައިއެފްއޭ)ގައި އެންމެ އެކްޓަރުގެ އެވޯޑު ރަންބީރު ކަޕޫރަށް އަދި އެންމެ ބަތަލާގެ އެވޯޑު އޭނާގެ އަންހެނުން އާލިއާ ބަޓް އަށް ލިބިއްޖެއެވެ.

މި އެވޯޑު ބާއްވާފައިވަނީ، ވަނީ ހޮނިހިދު ދުވަހުގެ ރޭއެވެ. އެވޯޑް ހަފްލާ ހޯސްޓްކޮށްފައިވަނީ ބޮލީވުޑްގެ ތަރިން ކަމަށްވާ ރިތޭޝް ދޭޝްމުކް އާއި މަނީޝް ޕޯލް އެވެ.

your imageއާލިއާ ބަޓް

ތިރީގައި މިވަނީ ބޮޑެތި އެވޯޑްތައް ލިބުނު ފަރާތްތަކެވެ.

އެންމެ މޮޅު ފިލްމު: ބްރަޙްމާސްޓްރާ

އެންމެ މޮޅު ޑައިރެކްޓަރު: އަޔާން މުކަރްޖީ (ބްރަޙްމާސްޓްރާ)

އެންމެ މޮޅު އެކްޓަރު: ރަންބީރު ކަޕޫރު (ބްރަޙްމާސްޓްރާ)

އެންމެ މޮޅު ބަތަލާ: އާލިއާ ބަޓް (ގަންގުބައި ކަތިވާދީ)

އެންމެ މޮޅު ސަޕޯޓިން އެކްޓަރު: ސައިފް އަލީ ޚާން (ޖަވާނީ ޖާނޭމަން)

އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް: ޝެފަލީ ޝާހް (ޑާލިންގްސް)

އެންމެ މޮޅު މިއުޒިކް ޑައިރެކްޓަރު: ޕްރިތަމް ޗަކްރަބަތީ (ބްރަޙްމާސްޓްރާ)

އެންމެ މޮޅު ލަވަކިޔުންތެރިޔާ: އަމީތާބް ބަޓަޗަރިޔާ (ބްރަޙްމާސްޓްރާ އިން ކެސާރިޔާ)

އެންމެ މޮޅު ލަވަކިޔުންތެރިޔާ (ފިރިހެން): އަރިޖިތު ސިންގް (ބްރަހަމަސްޓްރާ އިން ކެސާރިޔާ)

އެންމެ މޮޅު ލަވަކިޔުންތެރިޔާ (އަންހެން): ޝްރޭޔާ ޣޯޝަލް (ގަންގުބައި ކަތިވާދީގެ މެރެ ނަމް ޓޫ)

އެންމެ މޮޅު ޑެބިއު (ފިރިހެން): ބާބިލް ޚާން (83)

އެންމެ މޮޅު ޑެބިއު (އަންހެން): ޖާންވީ ކަޕޫރު (ގުޑް ލަކް ޖެރީ)

އައިއެފްއޭ އެވޯޑްސް އަކީ ބޮލީވުޑްގައި ބާއްވާ އެންމެ ޝަރަފުވެރި އެއް އެވޯޑް ހަފްލާއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް