
ހޮނިހިރު ދުވަހު، ޕީއެސްޖީން ފްރާންސް ލީގު 11 ވަނަ ފަހަރަށް ކާމިޔާބުކުރިއިރުވެސް ރީކޯ ބެންޗުގައި އިނެވެ. އެ މެޗަށް ފަހު ރީކޯ ދިޔައީ އުފަން ރަށް ސްޕެއިނަށް ޗުއްޓީއަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން ރީކޯއަށް ސީރިއަސް އަނިޔާތަކެއް ލިބުނީ އާދިއްތަ ދުވަހު ސްޕެއިންގައި އަސް ދުއްވަނިކޮށެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ އެލް ރޯކިއޯ ކިޔާ ސަރަހައްދެއްގައެވެ. ޕީއެސްޖީގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ރީކޯއަށް ލިބުނު އަނިޔާ ސީރިއަސްއެވެ.
ހާދިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސެވިއްޔާގެ ހޮސްޕިޓަލަކަށް ރީކޯ ގެންގޮސްފައިވަނީ ހެލިކޮޕްޓަރެއްގައެވެ. އަދި މިހާރު އޮތީ ލައިފް ސަޕޯޓް ޔުނިޓެއްގައި ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ރިކޯއަކީ ކުރިން ސެވިއްޔާއަށް ކުޅުނު ކީޕަރެކެވެ. އޭނާވަނީ ސެވިއްޔާއާއެކު ޔޫރޮޕާ ލީގު ދެ ފަހަރު ކާމިޔާބުކޮށްފައެވެ. ސެވިއްޔާއިން އޭނާ ބަދަލުވީ ޕްރިމިއާ ލީގުގެ ފުލަމްއަށެވެ. ޕީއެސްޖީއަށް އައީ ފުލަމްއިން ލޯން އެއްބަސްވުމެއްގެ ދަށުން 2019 ވަނަ އަހަރުއެވެ. އަދި 2020 ވަނަ އަހަރުވަނީ ޕީއެސްޖީއާއެކު ރަސްމީ ކޮންޓްރެކްޓް ހަދާފައެވެ. އަދި ފަހުން ފްރާންސްގެ އެހެން ކްލަބަކަށް ޕީއެސްޖީން ލޯނެއްގެ ގޮތުގައި ކުޅުނެވެ.
ރީކޯވަނީ ޕީއެސްޖީއަށް މިހާތަނަށް 24 މެޗު އަދި ސްޕެއިންގެ ގައުމީ ޓީމަށް އެއް މެޗު ކުޅެފައެވެ.