ads
އައިޑީ ކާޑު——
ބާރު ބޮޑުވެ އައިޑީކާޑު ހައްދާ އަދަދު އިތުރުކޮށްފި
މިދުވަސްވަރު އައިޑީ ކާޑް ހައްދާ އަދަދު އިތުރުވެފައިވާތީ، ކާޑު ނެގުމަށް ދޫކުރާ ނަންބަރުގެ އަދަދު އިތުރުކޮށް ކާޑު ދޫކުރާ ވަގުތުވެސް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން އިތުރުކޮށްފި އެވެ.

ޑީއެންއާރުން ބުނީ މިއަދުން ފެށިގެން ކޮންމެ ދުވަހަކު 600 އައިޑީކާޑު ދޫކުރަމުން ގެންދާނެ ކަމަށެވެ. ކުރިން ދޫކުރަމުން ގެންދިޔައީ ދުވާލަކު 400 އައިޑީ ކާޑެވެ.

ޑީއެންއާރުން ބުނީ އައިޑީ ކާޑު ދޫކުރާ ނަންބަރު މިއަދުން ފެށިގެން ދޫކުރާނީ ހެނދުނު 8:00 އިން ފެށިގެން ކަމަށެވެ. އަދި ހެނދުނު 8:30 އިން ފެށިގެން އައިޑީ ކާޑު ދޫކުރަން ފަށާނެ އެވެ. 

ކުރިން ޓޯކެން ނަންބަރު ދޫކުރަމުން އައީ ހެނދުނު 10:00 އިން ފެށިގެންނެވެ. އައިޑީ ކާޑުގެ ނަންބަރު ދޫކުރަނީ ކިއުބީ އެޕުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް