ޗެނަލް 13 އަށް އެކޮމިޝަނުން ފޮނުވި ސިޓީ އެއްގައި ބުނެފައިވަނީ ރައީސަ ސޯލިހަށް ވަގަށް ގޮވާ އުފައްދާފައިވާ ލަވަތައް ހިމެނޭ ކޮންޓެންޓްގައި ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު މަންޒަރާއި އަޑު ހިމެނޭ ކަމަށެވެ.
އަދި އެފަދަ ކޮންޓެންޓް އެ ޗެނަލުން ބްރޯޑްކާސްޓް ކޮށްފައިވާތީ އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށްވެސް ބްރޯޑްކޮމް އިން ޗެނަލް 13 އަށް ފޮނުވި ސިޓީގައި ބުނެފައި ވެއެވެ. ޗެނަލް 13 އިން އެ ލަވަ ދެއްކީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭގަ އެވެ.
އެ މައްސަލަ ބަލަން ފަށާފައިވާއިރު ޗެނަލް 13 އަށް ބިރު ދައްކާ ކަމަށް ބުނާ ކުއްލި މައްސަލައެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހެޅި އެވެ. ނަމަވެސް އެ މައްސަލަ މަޖިލިހުން ބޭރުކޮށްލި އެވެ.