ads
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރު ހުޅުވައިދެއްވީ ރައީސް ސޯލިހު - ފޮޓޯ:ޓްރީ ޓޮޕް ހޮސްޕިޓަލް
ރާއްޖޭގެ އެންމެ ފުރަތަމަ ފާޓިލިޓީ ސެންޓަރު ޓްރީ ޓޮޕް ހޮސްޕިޓަލުން
ޓްރީޓޮޕް ހޮސްޕިޓަލުން ރާއްޖޭގެ އެންމެ ފުރަތަމަ ފާޓިލިޓީ ސެންޓަރު ހުޅުވައިފިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ މި ސެންޓަރަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް އައި އިންގިލާބީ ބޮޑު ކުރިއެރުމެއް ކަމަށެވެ. އެގޮތުން މި ސެންޓަރު މެދުވެރިކޮށް ރާއްޖޭން ބޭރުން ދަރިމައިވުމާ ގުޅޭ ހިދުމަތްތައް ހޯދުމުގެ ބަދަލުގައި އަމިއްލަ ގައުމުގައި އާއިލާ ގާތުގައި މި ހިދުމަތްތައް ހޯދޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. 

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެފައިވަނީ އެ ހޮސްޕިޓަލުގައި މުޅިން އަލަށް ހުޅުވުނު ފާޓިލިޓީ ސެންޓަރު ހުޅުވާފައިވަނީ ތިންވަނަ ފަންގިފިލާގައި ވިމަން އެންޑް ޗައިލްޑް ސެންޓަރުގައި ކަމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި އެ ހޮސްޕިޓަލުގެ ދަރިމައިވުމުގެ ތަޖުރިބާކާރުން، ދަރިމައިވުމާ ގުޅޭ ހާއްސަ ފަރުވާތަކެއް މި ސެންޓަރުން ފޯރުކޮށްދޭނެ ކަމުގައެވެ. އެ ފަރުވާތަކުގެ ތެރޭގައި އިން ވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) އަދި އިންޓްރައުޓަރިން އިންސެމިނޭޝަން (އައިޔޫއައި) ފަދަ ދާއިރާގައި ކުރިއަރާފައިވާ ހިދުމަތްތައް ހިމެނޭ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ.

އެ ހޮސްޕިޓަލުން ބުނީ މިިހާރުވެސް ތަރުހީބު ލިބެމުންދާ ގައިނެކޮލޮޖިކަލް އަދި އޮބްސްޓެޓްރިކްސްގެ ހިދުމަތްތަކާ އެކު މި ފާޓިލިޓީ ސެންޓަރަކީ ހޯލިސްޓިކް ކޮލިޓީ ކެއާގެ ތަސައްވުރު އިތުރަށް ހަރުދަނާކޮށްދޭނެ ސެންޓަރެއް ކަމަށެވެ. 

ޓްރީ ޓޮޕް ހޮސްޕިޓަލުން އާއިލާއެއްގެ ހުވަފެން ދެކެމުން އަންނަ ދެމަފިރިންނަށް އެ ހުވަފެން ހަގީގަތަކަށް ހެދުމަށް އެހީތެރިވުމަށް ހާއްސަވެފައިވާ ހުނަރުވެރި އަދި އޯގާތެރި ދަރިމައިވުމުގެ ސްޕެޝަލިސްޓުންގެ ހިދުމަތް ފޯރުކޮށްދެވޭތީ އެކަމާ އުފާކުރާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެފައިވަނީ ދަރިމައިނުވުމުގެ މައްސަލަތަކަށް ފަރުވާ ދިނުމުގައި އަހަރުތަކެއްގެ ތަޖުރިބާ ލިބިފައިވާ ތަޖުރިބާކާރުންގެ ޓީމަކީ އެންމެ ފައިދާހުރި އަދި އެންމެ ޕާސަނަލައިޒްޑް ފަރުވާގެ ޕްލޭންތައް ފޯރުކޮށްދިނުމަށް އެންމެ ފަހުގެ ޓެކްނޮލޮޖީ އާއި ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ފަރުވާކޮށްދޭނެ ޓީމެއް ކަމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާ އެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.

އިތުރު މައުލޫމާތު ހޯދުމަށް 3351610 ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެ ހޮސްޕިޓަލުން އެދެއެވެ.

އިތުރު މައުލޫމާތު ހޯދުމަށް:

https://www.treetophospital.com/tree-top-hospital-fertility-centre

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް