ads
ވިނަރެސް ފްލެޓުތައް: ވިނަރެސް ފްލެޓު ލިބުނު ސީލައިފުގެ ކަސްޓަމަރުންނާ އެކު އެއްބަސްވުންތަކުގައި ސޮއިކުރަން ވަނީ ފަށާފައި - ފޮޓޯ:ސޯޝަލް މީޑިއާ
ވިނަރެސް ފްލެޓު ލިބުނު ސީލައިފުގެ ކަސްޓަމަރުންނާ އެކު އެއްބަސްވުންތަކުގައި ސޮއިކުރަނީ
ސީލައިފުން ފްލެޓު ގަތް މީހުންގެ ތެރެއިން ވިނަރެސް ފްލެޓު ގަތް މީހުންނާ އެކު އާބަންކޯއިން އެއްބަސްވުންތަކުގައި ސޮއިކުރަން ފަށައިފިއެވެ.

އާބަންކޯއިން ބުނީ ސީލައިފުން ފްލެޓު ގަތް މީހުންގެ ތެރެއިން ވިނަރެސް ފްލެޓުތަކުން ދިގު މުއްދަތުގެ ކުލި ދައްކަން ބޭނުންވާ މީހުންގެ އަތުން ޑައުން ޕޭމަންޓް ނަގަމުން އަންނަ ކަމަށެވެ. ލޯނު މެދުވެރިކޮށް ފްލެޓުގެ އަގު ދައްކަން ބޭނުންވާ މީހުންނާ އެކު ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއި ކުރަމުން އަންނަ ކަމަށް ވެސް އާބަންކޯއިން ބުނެއެވެ.

ވިނަރެސް މަޝްރޫއުގެ 13 ފަންގިފިލާގެ 10 ޓަވަރުގައި ހިމެނެނީ ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓެވެ. އެއީ 902 އަކަފޫޓާއި 883 އަކަފޫޓުގެ އެޕާޓްމަންޓްތަކެކެވެ. އެ އެޕާޓްމަންޓުތަކުގެ ތެރޭގައި މެރީނާ ވިއު އާއި އިނާ ވިއު އާއި އައުޓާ ވިއު އަދި ސްޓޭންޑާޑް ވިއު އެޕާޓްމަންޓުތައް ހުރެއެވެ.

ސީލައިފުން ފްލެޓު ގަތް މީހުންނަށް ވިނަރެސް ފްލެޓު ވިއްކަނީ، ވިނަރެސް ފްލެޓުތައް އެހެން މީހުންނަށްވެސް ވިއްކާ އަގުގައެވެ. ވިނަރެސް ފްލެޓުތައް ވިއްކަނީ 2.5 މިލިއަން ރުފިޔާ އާއި 2.7 މިލިއަން ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައެވެ.

އަންނަ ހަފުތާއިން ފެށިގެން ގުޅީފަޅުން ފްލެޓު ލިބުނު މީހުންނާ އެކު ވިނަރެސް ފްލެޓުތައް ހަވާލު ކުރުމަށް ސޮއި ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އާބަންކޯއިން ބުނެފައިވަނީ ވިނަރެސް ފްލެޓު ލިބުނު އެހެން ފަރާތްތަކުގެ ފައިނޭންޝަލް އިވެލުއޭޝަންތައް މިހާރު ކުރިއަށްދާ ކަމަށެވެ.

ވިނަރެސް ފްލެޓަށް ޝަރުތު ފުރިހަމަވެފައިވަނީ މާލޭގައި ރަޖިސްޓްރީ ނުވެ، ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީން 1،094 މީހުންގެ އިތުރުން މާލޭގައި ރަޖިސްޓްރީ ވެފައިވާތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީން 267 މީހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް